ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 1410435 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން 81015 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ 300740 މީހުންނެވެ.

މިއަދު މިހާތަނަށް 64431 މީހުން ފައްސިވެ 6361 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން 386194 މީހުން ފައްސިވެ 12246 މީހަކު ވަނީ މަރުވެފައެވެ. ސްޕޭނުން 140511 މީހަކު ފައްސިވެ 3836 މީހަކު ވަނީ މަރުވެފައެވެ. އިޓަލީވިލާތުން 135586 މީހުން ފައްސިވެ 17127 މީހަކު ވަނީ މަރުވެފައެވެ. ފްރާންސުން 109069 މީހަކު ފައްސިވެ 10328 މީހަކު ވަނީ މަރުވެފައެވެ. ޖަރުމަންވިލާތުން 106739 މީހަކު ފައްސިވެ 1942 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާ އިން 81740 މީހަކު ފައްސިވެ 3331 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ވަމުންދާ ކަމަށް ބެލެވުނު ފްރާންސާއި ސްޕޭނުން މިއަދު މަރުވި މީހުންގެ އަދަދާއި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޤަތަރާއި ޔޫއޭއީ އިންޑިއާ ފަދަ ގައުމުތަކުން ބަލި ޖެހުނު މީހުންގެ އަދަދު ވެސް މިއަދު ވަނީ އިތުރުވެފައެވެ.