ފްރާންސްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ވަމުން އަންނަ ކަމަށް ލަފާކުރެވިފައި ވަނިކޮށް މިއަދު ވަރަށް ބޮޑަށް އެގައުމުގެ ހާލަތު ގޯސްވެ، ގިނަ ބަޔަކު މަރުވެއްޖެއެވެ.

ދެންމެ ފްރާންސް ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު 1417 މީހަކު ވަނީ ފްރާންސުން މަރުވެފައެވެ. މިއަދަކީ ފްރާންސުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި ފްރާންސް މިހާރު ވެފައި މިވަނީ މިހާތަނަށް މުޅި ދުނިޔެއަށް ބެލި ނަމަވެސް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން މަރުވި ގައުމަށެވެ. މިހާރު ފްރާންސުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 10328 އަށް އަރާފައެވެ.

މިއަދު ފްރާންސުން ވަނީ 11059 މީހުން އިތުރަށް ފައްސިވެފައެވެ. އެހެންކަމުން ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 109069 އަށް އަރާފައެވެ. ފްރާންސް ވެފައި ވަނީ އެއްލައްކަ އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު ފަސްވަނަ ގައުމަށެވެ. މިއަދު އެގައުމުން ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން މިހާރު ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ގައުމަކީ ފްރާންސެވެ. އަދި ދިހަހާހަށްވުރެ ގިނަ މީހުން މަރުވި ހަތަރު ވަނަ ގައުމަށް ވެސް މިހާރު ވެފައި ވަނީ ފްރާންސެވެ.

ފްރާންސުން މަރުވި މީހުންގެ ތެރެއިން 7091 މީހަކު މަރުވެފައި ވަނީ ހޮސްޕިޓަލްތަކުގައެވެ. 3237 މީހަކު މަރުވެފައި ވަނީ ނާސިން ހޯމްތަކުގައެވެ.

ފްރާންސްގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 7131 މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

ފްރާންސުން މިރޭ ވަނީ އެގައުމުގައި ބަލި ފެތުރުން ނުހުއްޓުވޭ ކަމުގެ އިންޒާރު ދީފައެވެ. ފްރާންސް ސަރުކާރުން ބުނީ ބަލި އަދިވެސް ދަނީ ހަލުވިކަމާއިއެކު އެގައުމުގައި ފެތުރެމުން ކަމަށެވެ.

ފްރާންސުން ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވެފައި މިވަނީ ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދަށް ދަށަށް ދިއުމަށްފަހު އިއްޔެ އިން ފެށިގެންނެވެ.

މާޗް މަހުގެ 17 އިން ފެށިގެން ފްރާންސް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ނިކަމެތި އިންސާނުންގެ ބޮލަށް ބޮން އަޅަމުން ދާއިރު އަޅާ ވެސް ނުލާ ތިބި ޖާހިލު ބައެއް ޔޫރަޕަކީ މިއަދު އަހުރެނެއް ޔޫރަޕަކަަށް ހަމްދަރުދީ އެއް ނުވާނަން

    21
  2. މާމިގިލީ މީހާ

    ކޯފާއެއް މީ. ފާހިސް އަމަލުތައް ގިނަ ވީމާ އައި ކޯފާއެއް މީ.