ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ބްރެޒިލް އިން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އެޤައުމުން 103 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މި ވައިރަސް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 667 އަށް އަރާފައެވެ.

ބްރެޒިލް އިން މިދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 1534 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް އެޤައުމުން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 13717 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރެޒިލް އިން ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 127 މީހެކެވެ. މިއީ ހަލުވިކަމާއެކު ދުނިޔޭގައި މި ވައިރަސް ފެތުރެމުންދާ އެހެން ޤައުމުތަކާއި އަޅާބަލާއިރު ނިސްބަތުން މަދު އަދަދެކެވެ. އެޤައުމުގައި ކޮވިޑް-19 ޖެހިގެން 296 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ބްރެޒިލް އަކީ މިހާރު ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއިން އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެޤައުމުން ވައިރަސް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބްރެޒިލް ގައި މި ވައިރަސް އާއި ގުޅިގެން މާ ގިނަ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވައިރަސް އާއި ގުޅޭގޮތުން ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސެނާރޯ މީގެ ކުރިން ބުނެފައި ވަނީ "މިއީ އާދައިގެ ރޯގާއެއް" ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި، "ނަޖިސް ފެން ބޭރުވާ ޖަންގްޝަންތައް ތެރޭ ފަތާފައި އުޅުނަސް ބްރެޒިލްގެ ރައްޔިތުންނަށް ކޮވިޑް-19 ގެ ނުރައްކަލެއް ކުރިމަތިނުވާނެ" ކަމަށެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ގެ ނުރައްކަލަށް ބްރެޒިލްގެ އެތައް ބަޔަކު ހުށެހެޅެމުން ދާއިރު، ޤައުމުތަކުން މި ވައިރަސް އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ވެސް ބޮލްސާރޯ ވަނީ ފާޑުކިޔާފައެވެ. އޭނާ ބުނެފައި ވަނީ، ޤައުމުތަކުން ކޮވޮޑް-19 އާއި ގުޅިގެން ފިޔަވަޅު އަޅަމުން ދަނީ ރައްޔިތުން ކަންބޮޑުކޮށް ސިޔާސީ ފައިދާ ލިބިގަތުމަށްޓަކައި ކަމަށެވެ.

ބޮލްސެނާރޯގެ މި ވާހަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ބޮލްސެނާރޯ އެކަމަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދީ، "ސީރިއަސް" ނުވާތީ އެކަން އެޤައުމުގެ ރައްޔިތުންނަށް ވަނީ ބޮޑު ހާސް ކަމަކަށް ވެގެން ގޮސްފައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ފަދަ މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން ކޮވިޑް-19 ފެނިފައިވާއިރު، ވައިރަސް އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ، އޭގެތެރެއިން 81500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް މި ބަލިން ސަލާމަތްވެފައި ވަނީ 301476 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާބަ

    ކޮވިޑް-19 ޖެހިގެން މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އެޤައުމުން 103 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު މި ވައިރަސް ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 667 އަށް އަރާފައެވެ.
    މީ ތެދުތަ ހަމަ. ހާދަ މަދޭ މި އަދަދު

    • Anonymous

      ތި އަދަދު ރަނގަޅު. އެގައުމުގަ ފެތުރެންފެށީ ތަންކޮޅެއްފަހުން. 103 އޮތީއެގައުމުން އެންމެގިނަމީހުން މަރުވިވާހަކަ.

  2. ރަނާ

    ﷲ އަށް ބިރުވެތިވޭ.ހަނދާން ވަނީ އެޤައުމުގެ ރައީސް ކިބުރުވެރިވެފަ ބުނި ބަސްތައް

  3. ކާފަބޭ2020

    ކޮބާ! ފިރިހެންވެގެންމި ކަމާ ކުރިމަތިލާންބުނި ބޮލުރޮދި މިދުނިޔޭގައުޅޭނެ އޭގެޖޯޑެއް އެމީހުނެއްﷲ ވޮޑިގެންވާ ކަމެއް ގަބޫލެއްނު ކުރާނެ ހުރިހާ ކަމެއްވެސްހުއްދަވާނެ ޑިމޮ ކުރަސީއަ ކީ ހުރިހާ ކަމެއް ހުއްދަވާނެޔޯ!

    • އަންނި

      އޭގެ އެނެކަކީ މިތާ މިއުޅޭ ބުއްޅަބޭ ދޯ

  4. Anonymous

    ގަދަބަސް ބުނިކަލޭގެ ކިހިނެކޯ މިހާރު