މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ހެދި ކޮންޑަމް ލިބުމުގައި ދަތިވެދާނެ ކަމުގެ އިންޒާރެއް، އެ އެފަދަ ތަކެތި އުފައްދަމުންދާ ކުންފުންޏަކުން ދީފިއެވެ.

ކޮންޑަމް އުފައްދާ ކުންފުންޏެއްކަމަށްވާ ކަރެކްސް އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި، ކޮވިޑް-19 އާ ހެދި ކޮންޑަމް އުފައްދާ ފެކްޓްރީތައް ބަންދުކޮށް، ސަޕްލައި ޗެއިންތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މެލޭޝިއާއަކީ ދުނިޔޭގައި އެންމެ ވަރުގަދަޔަށް ކޮންޑަމް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ގައުމެވެ. އެހެން ނަމަވެސް އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް މި ވައިރަސް ފެތުރެމުންދާ އެއް ގައުމަކަށް މެލޭޝިއާވެފައިވާއިރު، އެ ގައުމުވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ފުރަަބަންދު (ލޮކްޑައުން) ކޮށްފައެވެ.

އެއާއެކު ކުންފުނިތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރާއި، ކޮންޑަމް އުފައްދަމުން އަންނަ މެލޭޝިއާގެ ކަރެކްސްގެ މަސައްކަތްތަކަށް ވަނީ ބުރޫ އަރާފައެވެ. އެގޮތުން މާރިޗް މެދުތެރެއިން ފެށިގެން އޭޕްރިލް މެދު ތެރެއާއި ހަމައަށް އުފެއްދޭނެ ކަމަށް ބެލެވޭ ކޮންޑަމްގެ އަދަދު މަދުވާނެ ކަމަށް ބުނެފައި ވެއެވެ. އެއީ 200 މިލިއަނަށްވުރެ ވެސް މަދު ކޮންޑަމް ކަމަށް ބުނެފައި ވެއެވެ.

ކަރެކްޝްގެ ޗީފް އެގްޒެކެޓިވް ބުނެފައި ވަނީ، ދުނިޔެއަށް މިފަހަރު ކޮންޑަމް ލިބުމުގައި ދަތިވެދާނެ ކަމަށެވެ.

"މިއީ ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް އަހަރުމެން މަސައްކަތް ކުރަމުންމިދަނީ، މިކަމަށް ހައްލެއް ގެނެވޭތޯ. މިއީ ޔަގީނުންވެސް ބޮޑު މައްސަލައެއް". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ○○○

    އަޅޭ... ހާދަ ދެރައޭ

    17
    7
  2. ފަރަގު

    ދެން އެހެންވިއްޔާ ފުއްޕާހަންބޭނުން ކުރަންވީދޯ؟

    25
    4
  3. އަހުމަދު

    ޔަގީން ހަމަ ، ތީ ވަރަށް ބޮޑު މައްސަލައެއް.

    11
    6
  4. ޞބ

    މިކިކުރަ އެއްޗެއް؟

    15
    8
  5. މަ

    އަހަރުމެން ތި ލިބުނަސް ކުރާނެ ކަމެއް ނެ ތޭ .

    22
    2
  6. ހިޔާ

    ތީކޮންމެހެން ބޭނުންކުރަންހެހޭ އެއްޗެއްތޯ؟ މިދަނޑިވަޅުގައި ތި އެހާ މުހިއްމުވީ ކޮންސްބަބަކާތޯ؟

    37
    4
  7. ދަވާލި19

    މީ ބޭނުންވާނީ ޒިނޭގެ ކަންތައް ހިންގާ ގައުމަކަށް ކިޔާތީ އަޑުއިވޭ މީ 100% އިސްލާމީ ގައުމެކޭ ދެން ކޮންކަމަކާ ކަންބޮޑުވާކައްތަ

    26
    6
  8. މުހައްމަދު މުދުހިޝް Mudhish

    ދިވެހި ބަހުން ކިޔަނީ ހުރަސް

    20
  9. މާންބެ

    މިދުވަސްކޮޅުގަ ތީީގެ ބޭނުމެއްނެތް

    16
    1
  10. މާންބެ

    ދެރަކަމެއް ދޯ

    11
  11. އެމަންޖެ

    ނުވިސްނޭނެ ގޭގަ އަބަދު ތިބެންވީމަ ގިނައިންކުރާނެ ގިނައިން ކުރިވަރަކަށް ބަނޑު ބޮޑުވުމުގެ ޗާންސް ބޮޑުވާނެ...މާ ގިނައިން ބަނޑު ބޮޑުވަން ހަދައިފިއްޔާ އެވާނެ މިދުވަސްކޮޅު ވަރައް ބޮޑު މައްސަލައަކަށް.

    32
    1
  12. ސަމްސުނީސާ

    ކާނެ ފަދަޔެތް ނެތި ގެން އުޅޭ އިރުވެސް ތި ކޮންޑަމެތް ގެ ވާހަކަ ދައްކަން ވޭތަ

    4
    1
  13. ލަގަސް

    އަހަރެން ނަށް ދެރައީ ކޮންޱަމް ނުލިބި ދާނެ ތީކީނޫން އަހަރު މެން ގެ ދަރީން ނަށް ކިޔަވާ ނުދީ އަހަރުމެން ލައްވާ ޓިއުަސަންސެންޓަރު ތަކާއި ޕްރައިވެޓްސްްކޫލްތަކުންފީކުޱަކޮއްނުދީ އަހަރުމެންނައް ފީދެއްކުމައް އަންގައި އަހަރުމެން ކާންހުރިރުފިޔާކޮލު ދެއްކުމަށް އަންގާ މަޖުބޫރު ކުރާތީ އަހަރުމެންނަކީރައްޔިތުންނެއްނޫންބާ ސަރުކާރުން އަންގާކައް ނުވެއިބާ ޕްރައިވެޓް ސްކޫލްތަކާއި ޓިއުަސަންސެންޓަރު ތަކައް ކިޔަވާ ނުދޭ ކަމައް ވާނަމަ ރުފިޔާ ނުނެގޭނެކަމައް މީގަމިވާގޮތަކީނުގަންނަ މުދަލަކައްސޭޓްރުފިޔާދޭންޖެހޭނެއޭބުނުންކަހަލަކަމެއް؛

  14. ހުސޭނުބޭ

    ގޭގަގިނައިން ތިބެންޖެހުނީމަ ތީގެބޭނުން ނުޖެހެނީ ސަބަބަކީ ކުދިންގޭގަިބޭތީ ވަގުތުނުވަނީ. ކުރީގަ ކުދިންސްކޫލަށް ފޮނުވާފަ އެކަންކުރެވެނީ