ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 205 މީހަކު މަރުވެއްޖެ އެވެ.

މިއީ އެ ގައުމުން 24 ގަޑިިއިރު ތެރޭގައި ދެވަަނައަށް އެންމެ ގިނަބަޔަކު މަރުވި ފަހަރެވެ. އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަަނަށް އެންމެ ގިނަބަޔަކު މަރުވެފައި ވަނީ އިއްޔެ އެވެ. އެއީ 403 މީހުންނެެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2240 އަށް އަރާފައެވެ.

މީގެ އިތުރުން، އެ ގައުމުން ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން 1209 މީހަކު މި ވައިރަސްއަށް ފައްސިވެފައި ވެއެވެ. އެއާއެކު މި ވައިރަސްއަށް ފައްސިވި މީހުންގެ އަދަދު ވަނީ 23403 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 4681 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 1276 މީހެއްގެ ހާލު ސީރިއަސް އެވެ.

ދުނިޔޭގެ ހާލަތަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1,446,981 އަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 83,090 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު