މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަސްލު މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިހުމާލު ވެފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮށްފިއެވެ.

މިކަމާއި ގުޅިގެން ޓްރަމްޕް ވަނީ އެގައުމުގް ޑަބްލިޔުއެޗްއޯ އަށް ދެމުން އަންނަ އެހީ ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ޓްރަމްޕް މިގޮތަށް އިންޒާރުދީފައިވަނީ އެ ވައިރަސްއާއި ގުޅިގެން ސިއްހަތު ޖަމްއިއްޔާއިން ވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާ އާއި އެއްކޮށަށް ބުރަވެފައިވާ ކަމަށް ތުހުމަތު ކުރައްވައެވެ.

މިފަދަތަ ތުހުމަތު ތަކެއް ކުރައްވައި ޓްރަމް ބުނެފައިވަނީ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 83،065 މީހަކު މަރުވެފައިވާއިރު، ބަލި ފުރަތަމަ ފެތުރެން ފެށުމުން އެ ޖަމްއިއްޔާއިން މާ ބޮޑު އަޅާލުމެއް ނެތި ގޯސް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ އެގައުމުން ޑަބްލިޔުއެޗްއޯ އަށް ދެމުން އަންނަ އެހީ ކަނޑާލަން ވިސްނަމުން ގެންދާ ކަމަށެވެ. މިކަމަށް ތާއިދުކޮށް އެގައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުންވެސް ވަނީ ސިއްހަތު ޖަމްއިއްޔާއިން މި ބަލި ފެތުރިގެން އައިއިރު ކަންކޮށްފައިވަނީ ގޯސް ގޮތަށް ކަމަށް ތުހުމަތު ކޮށްފައެވެ.

އެހެންކަމުން ޓްރަމްޕްގެ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި ބަޖެޓު ޕްރޮޕޯސަލްގައި އެގައުމުން ޑަބްލިޔުއެޗްއޯއަށް ކޮންމެ އަހަރަކު ދެމުން އައި 122.6 މިލިއަން ޑޮލަރު ވަނީ 57.9 މިލިއަން ޑޮލަރަށް ތިރިކުރަން ހުށަހަޅާފައެވެ.

އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ޗައިނާއިން ފޯރުކޮށްދިން ދޮގު ތަފާސް ހިސާބުތަކަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބަރޯސާ ވެފައިވާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ގިނަ އޮފިޝަލުން ވަނީ އެހީ ކަނޑާލަން އެއްވަސްވެ އެކަމަށް ތާއިދު ކުރާ ކަމަށް ބުނެފައެވެ.

ޑަބްލިޔުއެޗްއޯއާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް އދ. އިން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ބަލި ކޮންޓްރޯލް ކޮށް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގައުމުތަކަށް އެހީތެރިވަމުންދާ ކަމަށް އދ.ގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޅަހޯރަ

  ޓްރަމްޕްވެސް ވެސް ތިދައްކަވަނީ އިންސާފުން ! ޢެޖަމްއިއްޔާގެ އިހުމާލު މިރޯގާ މިހާވަރަށް ފެތުރުމުގައި އެބައޮތް!

  10
  31
  • ދެން

   ދެން އެމަރިކާ މިހާ ދުވަހަށް ބަލަން އޮތީ ކީއްވެގެން؟ އެއްޗެކޭނުބުނެ؟ އެމީހުން ގައުމުގެ ފެތުރުނީމަވެސް ތިމަންނަމެން ބިރެއްނުގަނެޔޯ ބުނިމީހާ މިހާރު ހޭއަރާފިތާ

 2. ޣތ

  މިކާފަރު ކަލޭގެ ނިމިދާނީ ހިތިގިތަކަ ﷲ ގެ އިރާދަފުޅާއިއެކު

  47
  2
 3. ބޭޗާރާ

  ފިރުއައުނުވެސް ބަނީއިސްރާއީލު ބާގައިގެ މީހުންނަށް ކާންދިނުން ހުއްޓާލީ. ޖާހިލުންނަކީ އަބަދުވެސް މިހެން އުޅޭ ބައެއް. ޖާހިލުންގެ ނިމުން ހިތިވާނެ.

  22
  • އަބްދުއްލަޠީފު

   ހަމަ އެދުވަހު ﷲ އެކަލޭގެ ޣަރަޤު ކުރެއްވި. މިކަލޭގެވެސް އެމަގުން ހިނގައިދާނެ ހެން އެބަހީވޭ. ﷲ އެދިވޮޑިގެންފިނަމަ އެކަމަކަށް ލަހެއްފަހެއް ނޯންނާނެ. ކަލޭ އަހަރުމެން މުސްލިމުން ބިރުގަންނަވަން ގުދަނުގައި ގެންގުޅޭ ނިއުކުލިއާރ މިސައިލަތައް ހަމަ އެހުރިގޮތަށް ހުރީދޯ؟؟؟؟ ހަހަހަހަހަ ލަލަލަލާ

 4. ބޯކިބާ

  ވައިރަހާއިދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާތަ.

  28
  1
 5. އަޙްމަދް

  މިފަދަތަ ތުހުމަތު ތަކެއް ކުރައްވައި ޓްރަމް ބުނެފައިވަނީ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މިހާތަނަށް ދުނިޔެއިން 83،065 މީހަކު މަރުވެފައިވާއިރު، ބަލި ފުރަތަމަ ފެތުރެން ފެށުމުން އެ ޖަމްއިއްޔާއިން މާ ބޮޑު އަޅާލުމެއް ނެތި ގޯސް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
  *********************
  ޓްރަމް ބުނެފައިމިވާ ވާހަކަ ތެދަކަށްވުމީ ގާތްކަމެކެވެ.

  1
  14
 6. ދާމޫ

  މި ބުރާންޗެއްނު ބުނީ މިއީ އާދައިގެ ރޯގާއެކޭ ކަމެއްނޫނޭ! މިހާރު އަތައް ގޮވީމަ އެހެންމީހުން މިގޯސްވީ ބޯގޯސް!

  33
 7. ބޯގޯސް

  ފުރަތަމަބުނީ ކުރީސަރުކާރުގެ އިހުމާލޭ މިހާރު މިކިޔަނީ ޑަބްލިޔު އެޗްއޯއޭ

 8. އަލްޖިބްރާ

  ތިމާގެ އަމިއްލަ ރައްޔިތުންނަށް ފަރުވާ ދޭންތިބި ޑޮކްޓަރުންނާއި ނަރުހުން ރައްކާތެރިވާން ކުނިއަޅާ ކޮތަޅު ބޭނުން ކުރަން ޖެހުނީމަ ކަލޭގެ ފެންވަރު އެންމެނަށްވެސް އެގިއްޖެ ! އަތަށް ގޮވީމަ އެހެންމީހުންގެ ބޮލަށް ކަޑާލިއަސް ކުރާނެ ފައިދާއެއް ނެތް ! މިދުނިޔެ މިހާދުވަހު ދެމިއޮތީ އެމެރިކާގެ އެހީ ލިބިގެނެއް ނޫން ! ކަލޭ ސިކުޑީގެ ޑޮޓަރަކަށް ދައްކަން ވެއްޖެ !