1950 ވަނަ އަހަރުން 1953 ވަނަ އަހަރާއި ހަމަޔަށް ހިނގައިދިޔަ ކޮރެއާ ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އުތުރު ކޮރެއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ބޯޑަރު ހުރަސްކޮށް ޒިޔާރަތްކުރައްވައިފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެކުނު ކޮރެއާއަށް ހުރަސްކުރެއްވިއިރު ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން ވަނީ ބޯޑަރު ކައިރިން ކިމް ޖޮންގް އުން އާއި ބައްދަލުކުރައްވައިފައެވެ. ދެ ބޭފުޅުންވެސް މިހާރު ސުލްހައިގެ ވާހަކަތައް ފަށާފައިވާކަމަށް މައުލޫމާތުލިބެއެވެ. މިއީ ކިމް ޖޮންގް އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ބައްދަލުކުރުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެއްކަމަށް ވަނީ ބެލެވިފައެވެ.

ދެކުނު ކޮރެއަގެ އޮފިޝަލުން ވަނީ ދެ ލީޑަރުންގެ ބައްދަލުވުމުގެ ބައެއް މައުލޫމާތު މީޑިޔާތަކަށް އާންމުކޮށްފައެވެ. އެގޮތުން ދެކުނު ކޮރެއާގެ ރައީސް މޫންއަށް އުތުރު ކޮރެއާއަށް ޒިޔާރަތްކުރުމަށް ކިމް ޖޮންގް އުން ދައުވަތު އެރުވިކަމަށް މައުލޫމާތުލިބެއެވެ. ކިމް ޖޮންގް އުން ވަނީ އަލުން އެނބުރި މާޒީގެ ދުވަސްތަކަށް ނުދިޔުމަށް ރައީސް މޫންގެ އަރިހުން އެދި ދުނިޔެ އިތުރަށް ރަނގަޅުތަނަކަށް ހެދުމަށް ދެ ފަރާތުންވެސް މަސައްކަތްކުރުމަށް އެދިފައެވެ.

އުތުރު ކޮރެއާއިން ސުލްހައަށް މަސައްކަތްކުރާނޭކަން އިއުލާންކޮށްފައިވާއިރު އެގައުމުން ވަނީ ނިއުކްލިއަރ ޓެސްޓުތައް ކުރިއަށްގެންދިޔުންވެސް ހުއްޓާލާނޭކަމަށް އިއުލާންކޮށްފައެވެ. މި އިއުލާންތަކަށް ދުނިޔޭގެ އެކި ގައުމުތަކުން މަރުހަބާކީއިރު ދެ ކޮރެއާގެ ލީޑަރުންގެ ދެމެދުގައި ބޭއްވޭ މި ބައްދަލުވުންތަކަކަކީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރެވިދާނޭކަމުގެ އެންމެ ބޮޑު އެއް ހެކިކަމަށް ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައްސަބަލަ

    ކޮބާ ތަމެން މަލާމާތް ކުރި ނޯތް ކޮރެއާގެ ލީޑަރަކީ މިއަދު ލީޑަރެއް ކަން އެވަނީ ދުނިޔެ އަށް ސާބިތު ކޮށްދީފައޭ. އެހެންވީމައޭ މަމެން މިބުނަނީ ނޯތް ކޮރެއާގެ ލީޑަރު އެކަންކަން ކުރާ ގޮތަށް މަމެންވެސް ކަންކަން ކުރަންވީއޭ އަވަހަށް ނިއުކްލިއަރ އުފައްދަންވީއޭ އިނގޭތޭ އެއިރުން އަވަށްޓެރި ބޮޑު ގޮހޮޑާ ސައިޒުން ކަނޑާ ތިރިއަރުވާލެވޭނީ ދޯ. ނިއުކްލިއަރ ވެސް އުފައްދަންވީ ޕޭޓްރިއެޓް މިސައިލް ވެސް އުފައްދަންވީ ތާރޑް މިސައިލް ވެސް އުފައްދަންވީ އަވަހަށް މާލެ ސައިޒުގެ އެއާރ ކްރާފްޓް ކެރިއަރ އެއްވެސް ބަންނަންވީ އެއިރުން އެމެރިކާ އޮންނާނީ ސަައިޒުން ކަނޑާ ތިރިއަރުވާލެވިފައި ނޫންތޭ ދޯ. ޖަސްޓް ތިންކް އޮފް ދިސް ކޮބާތޭ ޑްރޯވިންގް ބޯރޑް ބޮންދު އަވަހަށް ގެނެބަލަ ނިއުކްލިއަރ ރިއެކްޓަރެއް ކުރަހަން ވެއްޖެއޭ އިނގޭތޭ މިފަހަރު ހަދާލާނީ ވަރުގަދަ މިސައިލެކޭ ސުޕަރ ސޮނިކް ސްޕީޑް ގައި ދަތުރު ކުރާ ބެލެސްޓިކް ޓެކްނޮލޮޖީ ގައި ދަތުރުކުރާ އިނގޭތޭ. އެއިރުން އިންޑިއާ އަށް ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.