ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެން އުޅޭކަން، ނުވަތަ ޗައިނާގައި ކޮވިޑް-19 ފެތުރެމުންދާކަން އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކަށް ނޮވެމްބަރ މަހުގެ ކުރީކޮޅުން ފެށިގެން އެނގުނު ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ކޮވިޑް-19 ޗައިނާ އިން ފެނުނީ ޑިސެމްބަރ މަހުގެ ކުރީކޮޅު ކަމަށް ޗައިނާ އިން ބުނެއެވެ. ނަމަވެސް އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޯ މެޑިކަލް އިންޓެލިޖެންސްގެ އޮފިޝަލަކާއި ހަވާލާދީ އެމެރިކާގެ "އޭބީސީ ނިއުސް" އިން ބުނީ ނޮވެމްބަރ މަހު ޗައިނާގައި ބައްޔެއް ފެނިފައިވާ ކަމާއި، އަދި ބަލި ވަރަށް ބާރަށް ފެތުރިގެން ދާނެކަން އެނގުނު ކަމަށެވެ.

"އެމައުލޫމާތު ޑިފެންސް އިންޓެލިޖެންސް އެޖެންސީ، ޕެންޓަގަން އަދި ވައިޓް ހައުސްއަށް އެތައް ފަހަރަކު ފޯރުކޮށްދެވުނު." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނަމަވެސް "ސީއެންއެން" ބުނީ ޗައިނާގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ކަމުގެ މައުލޫމާތު އެމެރިކާގެ އިންޓެލިޖެންސަށް އެނގުނު ކަމަށް "އޭބީސީ ނިއުސް" އިން ބުނާ ޚަބަރުގެ ސައްހަކަން ކަށަވަރެއް ނުކުރެއެވެ. އެޚަބަރާއި ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ޕެންޓަގަންގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އެއްވެސް ޖަވާބެއް ނުދިން ކަމަށް "ސީއެންއެން" އިން ބުނެއެވެ.

ނުރައްކާތެރި ބައްޔެއް ފެތުރޭކަން އެމެރިކާ އަށް މާކުރިން އެނގޭ ކަމަށް ބުނާ އިރު، އެމެރިކާގައި ކޮވިޑް-19 ފެތުރެން ފެށިއިރު ވެސް އެމެރިކާ ސަރުކާރުން އެކަށީގެންވާ މިންވަރަކަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކޮވިޑް-19 އާއި ޗައިނާއާ ގުޅުވައިގެން ހުޅަނގުގެ މީޑިއާތަކުން ގެންދަނީ ތަފާތު ޚަބަރުތައް ފަތުރަމުންނެވެ. ކޮވިޑް-19 އަކީ ޗައިނާ އިން ލެބޯޓްރީއެއްގައި އުފެއްދި ބައްޔެއް ކަމަށް ވެސް މީގެ ކުރިން ބުނެފައި ވެއެވެ. އަދި މިހާރު ހުޅަނގުގެ ގިނަ މީޑިއާތަކުން ގެންދަނީ ކޮވިޑް-19 ޖެހިގެން ޗައިނާގައި މަރުވި މީހުންގެ އަދަދާއި ބެހޭ ގޮތުން ވެސް ސުވާލު އުފައްދަމުންނެވެ. ހުޅަނގުގެ ގައުމުތަކުން ގިނަ އަދަދެއްގެ މީހުން މަރުވަމުން ދިޔައިރު ޗައިނާ އިން އެއާއި ގާތް ކުރާ އަދަދަކަށް ވެސް މީހުން މަރުނުވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަމު މީހާ

    ތީ ޑިގު ވެއްޓޭތީ ހަމަ ހަދައިގެން ދައްކާ ވާހަކަ...މި މީހުން އަސްލު އަނގަ މޮޅީ...އަނގައިން ޤައުމުތައް މައިތިރި ކުރަނީ...ކަމަކާ ޖެހުނީމަ އަހަރުމެންފަދަ ކުދި ޤައުމު ތަކުގެ ސަރުކާރުތަކަށް ވުރެ ވިޔާނުދޭ....މިހާރު އެއުޅެނީ މާ އެނގޭ ބަޔަކަށް ވެގެން ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްވާން....ދެން ވެރިކަމާހެދި ދަންޖެހިފަތިބި ޤައުމުތަކުގެ ވެރިން ތިބޭނެ އަތް ޖަހަން...

  2. Anonymous

    އެހންވެ ދޯ އެންމެ ގިނައިން ބަލި ޖެހުނު މީހުން ތިބީ އެމެރިކާގައި މޮޅެތި ވާހަކަ ދައްކަން އުޅެނީ.
    އުރެދުންތަ ގިނަވުމުން ﷲ ލެެއްވި ކޯފާއެއްމީ. އެވަރުނވެސް އިޞްލާޙުވާކަށް ނޫޅެ.
    2004 ގެ ސުނާމީ އެރީމާވެސް ބުންޏެނުން މީ ތިމާވެއްޓަށް އާ ަ ބަދަލަކާ ގުޅިގެން ަަަަަ އެރި ރާޅެކޭ

    11
  3. ޖަހާންގީރު

    ކަލޭމެނަކަށް އެކައްޗެއް ވެސް ނޭންގޭ މުޅި ދުނިޔޭގެ މީޑީއާ ކޮންޓްރޯލް ކުރެވޭތީ ކާޅު ބައިގަނޑެއްހެން ހާޅޭ ލަވަނީ

    43
  4. ސަންދު

    އެންމެ ފަރާތަކަށް އިނގޭނީ ﷲސުބްހާނަހޫ ވަތަޢާލަށް އެކަނި ދެނެވޮޑިގެން ވާނީ .

    54
  5. ޗައިނާ

    އެމެރިކާ މާ މޯޅުވަނީ ތީ ވައިރަސް އެއްތަ.

  6. ނަން

    އެމެރިކާ މާ މޯޅުވަނީ ތީ ވައިރަސް އެއްތަ.