އިންޑިއާ ސްކޫލެއްގައި ގްރޭޑް ނުވައެއްގައި ކިޔަވާ ދަރިވަރަކު ކިޑްނެޕްކޮށް ރޭޕްކޮށްފިއެވެ.

މި ހާދިސާ ފެންމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާއިރު، ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކަޝްމީރުގައި މި ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އޭނާ ގެއަށް ދިޔަ މަގުމަތީ ކިޑްނެޕްކޮށް ދެ މީހަކު ވެގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 14 އަހަރުގެ މި އަންހެން ކުއްޖާ އުޅެން ޖެހުނީ ހުރިހާ ކަމެއް ސިއްރުކޮށްގެންނެވެ. އެއީ އޭނާއަށް ލިބެމުންދާ އިންޒާރުތަކުގެ ސަބަބުންނެވެ. ނަމަވެސް އޭނާ ވަނީ މައިންބަފައިންނަށް އެކަން އަންގާފައެވެ. އަދި އެ މީހުން ވަނީ އެކަން ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން ބުނީ، އެކަމާއި ގުޅިގެން މިހާރު ހޯދަން ޖެހޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އިންޑިއާގައި ރޭޕްގެ މައްސަލަތައް އިތުރުވި ނަމަވެސް އެކަން ހުއްޓުުވުމަށް މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ނުފެންނަ ކަމަށް މިޑީޔާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނިޔަ

    އިންޑިޔާ މަގުތަކުގައި ގިނަވެފަ ތިބި ކުއްތާތަކާ އެކު ތިކަން ކޮށްބަލަ! ޚިކިހާބޮޑު ނު.....ނެއް މިއީ.

  2. މަ

    ދުނިޔޭގެ އެހެން ގައުމުތަކުގަ ކިހިނެއްތަ ކަންކަން؟؟؟ އިންޑިޔާ ގަ ރޭފް ކުރާހަބަރު ކޮންމެދުވަހަކު ގެނެސްދެނީ ކީއްވެ؟؟؟