ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެެއްގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހަށް ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ނިސްބަތްވާ 150 ބޭފުޅުން ވައިރަހަށް ފައްސި (ޕޮސިޓިވް) ވެއްޖެއެވެ.

އެ ގައުމުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ އެކި ފަންތިތަކުގެ 150 ބޭފުޅުން ވައިރަހަށް ފައްސިވެފައި ވާއިރު، ރަސްގެފާނު ސަލްމާން އާއި އަމީރު މުހައްމަދު ބިން ސަލްމާން އަށް ވައިރަސް ޖެހިދާނެކަމަށްޓަކައި މިހާރު ވަނީ އެކަހެރި (އައިސޮލޭޓް) ކޮށްފައިކަން ވަނީ ޔަގީން ކުރެވިފައެވެ.

ރަސްގެފާނު ސަލްމާން ޖިއްދާގައި ހުންނަ ގަނޑުވަރެއްގައި އެކަހެރި ކޮށްފައިވާއިރު، އަމީރު ސަލްމާން ބިން މުހައްމަދު ހުންނެވީ ރަތް ކަނޑު(ރެޑް ސީ) ގެ އައްސޭރީގައި އެބޭފުޅާ އަށް ހާއްސަ ކުރެވިފައިވާ ތަނެއްގައެވެ.

ސައުދީ ޝާހީ އާއިލާގެ ގިނަ ބޭފުޅުންތަކެއް ވައިރަހަށް ފައްސިވުމުން އެބޭފުޅުންނަށް ފަރުވާ ދޭން 500 އެނދުގެ ހޮސްޕިޓަލެއް ވަނީ ހާއްސަ ކޮށްފައެވެ. އެ ހޮސްޕިޓަލުން އިތުރު އެހެން ބަޔަކަށް ފަރުވާ ދޭން ހަމަޖެހިފައި ނުވާއިރުު، ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނަށް ވަނީ އިތުރު ޝާހީ ބޭފުޅުން ފައްސިވެ، ހޮސްޕިޓަލަށް އަންނަން ޖެހިދާނެ ފަދަ ހާލަތެއްގައިވެސް އެކަމަށް ތައްޔާރުވެ ތިބުމަށް އަންގާފައެވެ.

33 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ސައުދީގައި މިހައިތަނަށް 2،932 މީހުން ވައިރަހަށް ފައްސިވެފައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 41 މީހުން ވަނީ މަރުވެފައެވެ. ސައުދީ ޝާހީ އާއިލާގެ 150 މެމްބަރުން ފައްސިވުމާއި އެކު މިހާރު ދުނިޔޭގެ ޝާހީ އާއިލާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވި އާއިލާ އަކަށް ސައުދީގެ ޝާހީ އާއިލާ ވަނީ ވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުނބު

    ތިޔަ އާއިލާގަ ކޮންމެވެސް ނުބަޔެއް އެބައުޅޭ.