ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ އަށް އެހެން ގައުމުތަކުގެ މީހުންނަށަ ސައުދީ އަށް އެތެރެ ނުވެވޭނެކަން ހާމަ ކޮށްފިއެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި ސައުދީ އިން އުމްރާގެ އަޅުކަން އަދާކުރުން ވަގުތީ ގޮތުން ހުރިހާ ފަރާތްތަކަށް މަނާ ކުރި ނަމަވެސް، ފަހުގެ ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް ރަަމަޟާން މަހުވެސް މި ނިންމުން ތަންފީޒު ކުރެވިގެން ދާނެއެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 މިލިއަނަށް ވުރެން ގިނަ މީހުން އުމްރާ އަށް ދާއިރު، ގިނަ މީހުން މި އަޅުކަން އަދާ ކުރަން ބޭނުންވަނީ ރަމަޟާން މަހުގެ ތެރޭގައެވެ.

ސައުދީ އަދި މުސްލިމުންގެވެސް އެންމެ މުގައްދިސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާގައި މިހާރު ކާފިއުގެ އަމުރުތައް ތަންފީޒު ކުރަމުން ގެންދާއިރު މި ނިންމުން ނިންމާފައި ވަނީ އުމްރާގެ އަޅުކަމުގެ ތެރެއިން ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. ސައުދީގައި މިވަގުތު ތިބި މީހުން އުމްރާގެ އަޅުކަން ރަމަޟާން މަހު އަދާ ކުރުމާއި ބެހޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

ސައުދީ އިން މިހައިތަނަށް 3،287 މީހުންނަށް ވައިރަސް ޖެހިފައިވާއިރު، 44 މީހުން ވަނީ މަރުވެފައެވެ. އަދި 666 މީހުން ވަނީ ފަރުވާ ދިނުމަށް ފަހުގައި ރަނގަޅު ކޮށްފައި ކަންވެސް ފާހަގަކޮށްލެވެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހުރި ހިތާ މައެއްގެ ބޮޑުކަ މާއެ، ޤިޔާ މަތުގެ ވަގުތު މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ، ހުރިހާ ލޮބުވެތި މުސްލި މް އަޚުންނާއި އުޚުތުން، ހެޔޮ ޢަ މަލުކުރުން މަތީ ދެ މިތިއްބަވާ.

    14
    4
    • މީ

      އިންޝާﷲ

      5
      4
  2. Anonymous

    ޅޮލް