ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވި އެއް ގައުމު ތެރޭގައި ހިމެނޭ އިޓަލީން، މި ވައިރަސްއާ ހެދި މަރުވި ޑޮކްޓަރުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިިފިއެވެ.

އެ ގައުމުގެ ޑޮކްޓަރުންގެ ފެޑެރޭޝަނުން އާއްމުކޮށްފައިވާގޮތުން މިއަދާއި ހަމައަށް އެ ގައުމުން މަރުވި ޑޮކްޓަރުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. އެ ގައުމުން ފަހުންވެސް މި ވައިރަސް އާ ހެދި މަރުވެފައި ވަނީވެސް ފިޒީޝަނުންނެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި،މި ވައިރަސް ޖެހިގެން 30 ނަރުހަކާއި، ނަރުހުންގެ އެސްސްޓެންސްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބަޔަކުވެސް ވަނީ މަރުވެފައެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ދަ ލޯކަލް އިޓްއިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރޭގައި ރިޓަޔާ ކުރި ޑޮކްޓަރުންގެ ތެރެއިން މަސައްކަަތަށް ނުކުތް ޑޮކްޓަރުންވެސް ހިިމެނެއެެވެ.

އެ ގައުމުގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދާ ލޮންބާޑީ އާއި އިތުރު ސަރަހައްދުތަކުގައި މި ވައިރަސް ޖެހޭ މީހުން އިތުރުވަމުން އަންނާތީ އެ ތަންތަނުގައި މަސައްކަތް ކުރާނެ ސްޓާފުންގެ އަދަދު މިހާރު ވަނީ މަދުވެފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން އިޓަލީގައި މަސައްކަތް ކުރަމުންދާ 13121 ސިއްހީ ހިދުމަތްތެރިއަކު ވަނީ ކޮވިޑް-19 ޖެހިފައެވެ.

"ރަައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނޫނީ އަޅުގަނޑުމެންނަށް ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިން ފޮނުވަން ޖެހިލުންވޭ". އެ ފެޑެރޭޝަންގެ ޕްރެޒިޑެންޓް ބުނެފައި ވެއެވެ.

ރޯމްގެ އައިއެސްއެސް ޕަބްލިކް ހެލްތް އުންސްޓިޓިއުޓުން ހެދި އެސްޓިމޭޓަކުން ދައްކާގޮތުން އިޓަލީގައި މި ބަލި ޖެހުނު 10 އިންސައްތަ މީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީީހުންނެެވެ.

މިއަދު އިރުއޮއްސުމާއި ހަމައަށް އިޓަލީގައި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 17669 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު