ސިފައިންގެ ތަމްރީންތަކެއް ހަދަނިކޮށް ގެނބިގެން މަރުވި ކަމަށް ރިޕޯޓް ކޮށްފައިވާ އިސްރާއީލްގެ ސިފައިން ވަނީ ގަސްދުގައި މަރާލާފައި ކަމަށް ތުހުމަތުކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ތަޙްޤީޤު ފަށައިފިއެވެ.

އިސްރާއީލްގެ ބެނީ ޓްޒިއޮން ޕްރީ މިލިޓަރީ އެކަޑާމީގެ 25 ދަރިވަރަކު ހައިކިން އަށް ގޮސް އުޅެނިކޮށް އޭގެތެރެއިން ދިހަ ދަރިވަރުން ވަނީ މަރުވެފައެވެ. ދިހަ ވަނަ ދަރިވަރު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.

އެމީހުން މަރުވީ ފަރުބަދަ މަތިން ދެމިފައި އޮތް ކޯރެއްގެ ތެރެއަށް ވެއްޓިގެންނެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އެކޯރުގެ އޮއެ ވަރަށް ގަދަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިފައިންގެ މަރުގެ މައްސަލައިގައި މިހާރު ވަނީ ސިފައިންގެ ތަމްރީން މަރުކަޒުގެ ޕްރިންސިޕަލާއި އިނިސްޓެކްޓަރެއްގެ އިތުރުން އިތުރު މީހަކު ހައްޔަރުކޮށް ސުވާލު ކޮށްފައެވެ. ތިން މީހުންގެ ތެރެއިން ދެމީހުން އަދިވެސް ފުލުހުންގެ ބަންދުގައި ތިބި އިރު ތިން ވަނަ މީހާ މިއަދު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެއެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލައިގެ ތަޙްްޤީޤާއި ބެހޭ މައުލޫމާތެއް ފުލުހުން ނުދެއެވެ.

މިއީ ފަހަކަށް އައިސް އިސްރާއީލްގެ މިހައި ގިނަ އަދަދެއްގެ ސިފައިން އެއް ހާދިސާއެއްގައި މަރުވި ފުރަތަމަ ފަހަރެވެ.

ސިފައިންގެ ތަމްރީންތައް ހަދަމުން ދިޔަ ސަރަހައްދަށް އެއްވެސް މީހަކު ދަތުރު ނުކުރުމަށް އިސްރާއީލް ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    މެލޭޝިޔާގައި މަރާލި އިމާމުގެ ބަދަލު ﷲ އެހިއްޕެވީ... އިން ޝާއަ ﷲ ކާލޭމެންގެ ބާރު ވަރަށް އަވަހަށް ކެނޑޭނެ

    • ޝިޔާމް

      އިންޝާﷲ

  2. ޙަސަން

    ތިޔަކަހަލަ އެތައް ކަމެއް އަދި ހިނގާނެ. ކަލޭމެން ތީ އެންމެ ބާރުގަދަ މީހުންކަމަށް ދޯ ހީކުރީ..