ކޮވިޑް-19 ޖެހިގެން އެމެރިކާއިން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 2000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މިއީ އެއް ދުވަސް ތެރޭ ގައުމަކުން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

މީގެ ކުރިން އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުން 1971 މީހަކު މަރުވެފައި ވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެމެރިކާ އިން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން ވަނީ 33212 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

އެމެރިކާއިން މިހާތަނަށް 501178 މީހުންނަށް ބަލި ޖެހިފައިވާއިރު، 18694 މީހަކު ވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިހާދު

    ދިވެހި ޖިހާދީން އުފާކުރާނެ ކަމެއް.

    1
    5