ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހިގެން މިއަދު އެކަނި ވެސް 103 މީހަކު ވަނީ އެކި ގައުމުތަކުން މަރުވެފައެވެ. އަދި މިއަދު މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،981 އަށް އަރައިފައެވެ. މިއަދު މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާއިންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ބަލި މިހާތަނަށް 1,700,816 މީހުންނަށް ވަނީ ޖެހިފައެވެ. މި ބަލީގައި މަރުވެފައި ވަނީ 102,787 މީހުންނެވެ. އަދި މި ބަލި ޖެހުނު 376,615 މީހުން ރަނގަޅުވެފައިވާ އިރު، ބަލީގައި 49,829 މީހަކު މިހާރު ވެސް ތިބީ ސީރިއަސް ހާލަތުގައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ތެރެއިން ބަލި އެންމެ ގިނަ އިން ފެނުނީ އެމެރިކާ އިންނެވެ. އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 503,177 އަށް އެރިއިރު، ބަލި ޖެހިގެން މަރުވީ 18,761 މީހުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހުނީ ސްޕެއިން އިންނެވެ. ސްޕެއިންގައި 158,273 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 16,081 މީހުންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ އިން މި ބަލި ފެނުނީ އިޓަލީންނެވެ. އިޓަލީން 147,577 މީހެއްގެ ގައިން ބަލި ފެނުނު އިރު، ބަލި ޖެހިގެން މަރުވީ 18,849 މީހުންނެވެ. އިޓަލީއަކީ މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 މިހާރު ދުނިޔޭގެ 206 ސަރަހައްދެއްގައި ވަނީ ފެތުރިފައެވެ. އެންމެ ފަހުން ކޮވިޑް-19 ފެނުނު ގައުމަކީ ޔަމަނެވެ.

ކިޔުންތެރިންގެ ހިޔާލު