ކުރިޔަށް އޮތް ވަގުތުތަކުގައި އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ބާރުގަދަ ނަގޫރޯޅިތަކެއް އުފެދިދާނެ ކަމުގެ އިންޒާރު އެޤައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ދީފިއެވެ.

އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނީ، މިރެއާއި މާދަމާ ޓެކްސަސް ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ގިނަ ނަގޫރޯޅިތަކެއް އުފެދުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދާނީ ޓެކްސަސް އާއި ލޫސިއާނާގެ ބޯޑަރު ގުޅޭ ސަރަޙައްދާއި، މެދުތެރޭ އަލަބާމާ އާއި އިރުދެކުނު އާކަންސަސް އާއި އަލަބާމާ އަށް ކަމަށް އިދާރާތަކުން ބުނެއެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ފިނީގެ ތޫފާނެއްވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެޤައުމު ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ކެލެފޯނިއާ އަށްވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. އެގޮތުން އެ ސްޓޭޓަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

ޓެކްސަސް އާއި އެނޫންވެސް އިތުރު ސްޓޭޓްތަކަށް މިއަދާއި މާދަމާ ނަގޫރޯޅިތަކެއް އަރާފާނެ ކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައިވާއިރު، މިކަމަށް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ތައްޔާރުވެ ތިބުމަށް އިދާރާތަކުން ވަނީ އަންގާފައެވެ.

ކުރިޔަށް އޮތް ވަގުތުތަކުގައި މި ތޫފާނުގެ އަސަރު އެމެރިކާގެ ގިނަ ސަރަޙައްދުތަކަށް ކުރުމަށްފަހު، އަންނަ ހޯމަ ދުވަހުގެ ވަގުތެއްގައި އެޓްލާންޓިކް ކަނޑާއި ހަމައަށް ތޫފާން ދަތުރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ތޫފާނުގައި އުފެދޭ ބާރުގަދަ ނަގޫރޯޅިތައް ގިނައިރުތަކަކަށް ދިގުދެމިގެންދާނެ ކަމަށް ވެސް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލޮލްލް

  މިދެން ޚަބަރެއް؟ މީ އަބަދުވެސް ވާ ކަމެއް. ޓޯނޭޑޯ އެލީ އަކީ އަބަދުވެސް ސަދަން ވިންޑް އާ އާރޓިކް ވިންޑް ދިމާވާ މޫސުމުގައި ނަގޫރޯޅި އަރާ ހިސާބެއް!

  1
  9
  • ސަނީ

   މިއީ މޮޔައެއްތަ އަޅެ ކަލެއަށް އެކަނި އެގުނަސް އެހެން މީހުންނަށް ނޭގޭނެ
   އެއީ ވެސް ޙަބަރެއް

   17