ކޮވިޑް-19 އާއި އެކު އެމެރިކާގެ ނިއުޔޯކްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހަމައެކަނި ނިއުޔޯކުން މިހާތަނަށް 181,144 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. މިއަދަދަށް އެމެރިކާ ފިޔަވައި އެހެން ގައުމަކުން އަދި މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެއް ނުވެއެވެ. ނިއުޔޯކަށް މިހާރު ކުރިމަތިވެފައިވާ ކާރިސާ އާއިއެކު އެ ސްޓޭޓްގެ ރައްޔިތުންގެ ހަނދާންތައް ދަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހު ނިއުޔޯކްގެ ވޯލްޑް ޓްރޭޓް ސެންޓަރަށް ދިން ވަރުގަދަ ނިރުބުވެރި ހަމަލާއަށެވެ.

އެހަމަލާ އާއި ގުޅިގެން 2800 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އުސް އިމާރާތްތަކުގައި ދިރިއުޅެން މީހުން ބިރުގަތެވެ. މަގުމައްޗަށް ނިކުންނަން މީހުން ބިރުގަތެވެ. އެތައް ބަޔަކަށް ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވިއެވެ.

ނިއުޔޯކްގެ ރައްޔިތުން ބުނާ ގޮތުގައި މިއަދު އަނެއްކާވެސް އެހާލަތު އެނބުރި އަތުވެއްޖެއެވެ.

ނިއުޔޯގެ ހާލަތު ގޯސްވާން ފެށީ މާޗްމަހުގެ ފަހުކޮޅުއެވެ. މާޗް 20، 21، 22 ވަނަ ދުވަހު ހީވީ ނިއުޔޯކްގައި ބޮމެއް ގޮއްވާލިހެންނެވެ. އެތިން ދުވަހު ކުއްލިއަކަށް ކޮވިޑް-19 ގެ ބަލި މީހުން އިތުރުވާން ފެށިއެވެ. އެއިތުރުވުމަށް އަދިވެސް ނިމެއް ނާދެއެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހި، ބަލި މީހުންނަށް ފަރުވާ ދޭން ވަނީ އެތައް ދައްޗެއް ކުރިމަތިވެފައެވެ.

ނިއުޔޯކްގައި ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޕެރަމެޑިކުން ބުނާ ގޮތުގައި ލިބޭ ފޯނުކޯލްތަކާއި ގުޅިގެން ބައެއް ގެތަކަށް ދާއިރު މީހުން ތިބެނީ ނޭވާ ނުލެވިގެން މަރުވާ ހިސާބަށް ގޮސްފައެވެ. އެމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ޕެރަމެޑިކުންނަށް ވެސް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯވެއެވެ.

2001 ވަނަ އަހަރު އެމެރިކާ އަށް ދިން ވަރުގަދަ ނިރުބުވެރި ހަމަލާ އާއި ގުޅިގެން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި ޠާލިބާނުން ބަލިކުރި ނަމަވެސް މިއަދު ވަރުގަދަ ހަތިޔާރުތަކާއި އެކު އެމެރިކާ އަށް ވެސް ކުރެވޭނެ އެއްކަމެއް ވެސް ނެތެވެ. 9/11 އިން އެމެރިކާ ބަލި ނުކުރެވުނު ނަމަވެސް ކޮވިޑް-19 އިން އެމެރިކާ ބަލިކޮށްލައިފިއެވެ.

ހަމައެކަނި އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ބައި މިލިއަން ފަހަނައަޅައި ގޮސްފައި ވާއިރު އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދުވާ މަންޒަރެއް ނުފެއެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މިމަސް ނިމެންދެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    އަލްޙަމަދުﷲ! އެއީ ކުށެއްނެތް މުސްލިމުންގެ ބޮލުގައި އަޅުވަން ކަލޭމެން އިޒްރޭލުންނާ ގުޅިގެން ކުޅުނު ކުޅިގަނޑެއް! އިރާދަކުރެއްވިއްޔާ އެމެރިކާ ތިވޭނުގައި ދަމަހައްޓަވާނެ!

    25
    2
    • މި

      ރަނގަޅު ވާހަކައެއް ހުސޭނުބޭ

  2. ދޮގު

    އަފްޣާނިސްތާން ގެ ތާލިބާނުން އެމަރިކާ އަށް ބަލިވެފައި ނުވޭ.. ވީމާ ތަންކޮޅެއް ދިރާސާ ކޮއްލައްވާ އަދި އެނިރުބުވެރި ހަމަލާ ދިނީ މުސްލިމުން ނެއް ނޫން އެއީ އެމީހުންގެ އަމިއްލަ އަތެއް. މުސްލިމުން ބޮލުގައި އަޅުވައިގެން ޓެރަރިސްޓުން ނަށް ހަދަންވެގެން..

  3. އަހުސަން

    ކޮންއިރިކުން އެމަރިކާ ތާލިބާނުން ބަލިކުރީ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  4. ކަހުރަބު

    ސަންދޯކަށް ފައިބަންދެންވެސް ކަލޭމެން ތިޔަ އަދާވާތްތެރިކަން މަތީ ބަދު ދުއާކޮށް ހަމްދު އަޅަން ތިބޭތި.

    4
    2
    • ވިސްނާ

      ބަދުދުޢާކުރާނަން އެއީ ﷲގެ ދުޝްމިނުން. އެމަރިކާ އިސްލާމުން ގެ ލޭ އޮހޮރުވާ ވޭންދެނިވި ކޮއް މަރާތީ އެމީހުންނަށް ވާންޖެހޭ ގޮތް...އީސްރާއީލް އަށް ވެސް ތީ ހާލު ޖައްސަވާންދޭވެ އާމީން

  5. ޙަސަން ލުޠުފީ

    މުސީބާތުގެ ވަގުތުގައި އެއްވެސް ބަޔަކަށް ބަދު ދުޢާ ނުކުރޭ. އެމެރިކާވިޔަސް މަރުވަނީ އާންމު ރައްޔިތުން. އެމީހުންނެއް ނުދޭ އެއްވެސް ތާކަށް ބޮންއަޅާކަށް އަދި ބަޑިޖަހާކަށްވެސް. މިވަބާއިން ދުނިޔެ ސަލާމަތްކޮށް ދެއްވާތޯ އިޚުލާސްތެރިކަމާއެކު ﷲއަށް ދުޢާކުރަންވީ.