ހަލުވިކަމާ އެކު، އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން 43،000 މުވައްޒަފުންގެ މުސާރަ ކަނޑާލައި އެމެރިކާގެ ސައުތް ކެލެފޯނިއާގެ އޮރެންޖް ކަންޓްރީގައި އޮންނަ ޑިޒްނީ ވޯލްޑް ރިސޯޓު ދިގު މުއްދަތަކަށް ބަންދުކުރުމަށް ނިންމައިފިއެވެ.

ޑިޒްނީ ވޯލްޑްގެ އިސްވެރިންނާއި ހަވަލާދީ ޑެއިލީ މެއިލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަނުގައި މަސައްކަތް ކުރަމުން އަންނަ 43،000 މުވައްޒަފުންނަށް މުސާރަ ނުދޭން ވަނީ ނިންމައިފައެވެ. އެކަމަކު މުސާރަ ކަނޑާލާނެ ވަކި މުއްދަތެއް އެތަނުން ހާމަކޮށްފައި ނުވާ ކަމަށް ޑެއިލީ މެއިލް އިން ވަނީ ބުނެފައެވެ.

ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްވެސް ވަރަކަށް މުސާރަ ނުދިން ކަމުގައިވީ ނަމަވެސް އެތަނުގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނަށް ވެސް ބައެއް އެލަވަންސްތައް ލިބޭނެއެވެ. އެގޮތުން ޑިޒްނީ ވޯލްޑުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށްދޭ އެލަވަންސްތަކަކީ މެޑިކަލް އެލަވަންސާއި ޑެންޓަލް އަދި ލައިފް އިންޝުއަރެންސް އާއި އިތުރު ބައެއް އިނާޔަތްތައް ކަމަށް އެ ނޫހުން ބުނެއެވެ.

އަދި މުސާރަ ނުދީ ދެމި އޮންނާނީ ކިހާ މުއްދަތަކަށްކަން ހާމަކޮށްފައި ނުވާއިރު މިއަހަރުގެ ނިޔަލަށްވެސް އެތަން ނުހުޅުވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޑެއިލީ މެއިލް އިން ވަނީ ބުނެފައެވެ.

ޑިޒްނީ ވޯލްޑުގެ ތީމްޕާކްތަކާއި، މުނިފޫހި ފިލުވާ ތަންތަން އަދި ހޮޓެލްތައް ބަންދުކޮށްފައި ވަނީ މާޗް މަހުގެ މެދެއްހާ ތަނުގައެވެ. އެތަންތަން ބަންދުކޮށްފައި އޮތް ނަމަވެސް ޑިޒްނީ ވޯލްޑުން ވަނީ އެތަންތަނުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންނަށް މުސާރަ ދީފައި ކަަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން އޮތީ އެ ތަންތަން މިމަހުގެ 19 ވަނަ ދުވަހު ހުޅުވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟޮޮސަ

    ވަރަށް ދެރަ