ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 254 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3600 އަށް ވަނީ އަރާފައެެވެ.

އެ ގައުމުން އިތުރު 1629 މީހަކު ވަނީ ކޮވިޑް-19 އަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 29647 އަށް އަރާފައެވެ. އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 1223 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 6463 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއީ އެގައުމުން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ދުވަހެއެވެ. އިއްޔެ އެގައުމުން ވަނީ 327 މީހަކު މަރުވެފައެވެ.

ބެލްޖިއަމް އަކީ މިހާތަނަށް ދުނިޔެއިން 10 ވަނަ އަށް އަންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އަދި މި ބަލި ޖެހިގެން ދުނިޔެއިން 7 ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީވެސް ބެލްޖިއަމް އިނެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން އަންނައިރު، މިހާތަނަށް ދުނިޔޭގެ 210 ގައުކަމާއި ސަރަހައްދުން މި ވައިރަސް ވަނީ ފެނިފައިވާއިރު، ކޮވިޑް-19 އަށް ފައްސިވެގެން 1.7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ބަލި ޖެހިގެން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 4 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅު ވެފައެވެ.