ކޮވިޑް-19 ޖެހިގެން ސްޕެއިންއިން މީހުން މަރުވާ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިތުރުވެފައި މި ވަނީ، އިއްޔެ ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށެވެ. މިދިޔަ ތިން ހަފްތާ ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންނާއި އަޅާބަލާއިރު، އިއްޔެ މަދުވިއެވެ. އެގޮތުން އިއްޔެ އެގައުމުން މަރުވެފައި ވަނީ 510 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 619 މީހުންނެވެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 16353 އަށް އަރާފައެވެ.

އަދި އިތުރު 4167 މީހަކު މި ވައިރަސްއަށް ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. މިއީ އެ ގައުމުން މިދިޔަ 22 ދުވަސް ތެރޭގައި ފައްސިވި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން ފައްސިވި މީހުންގެ އަދަދު ވަނީ 166019 އަށް އަރާފައެެވެ.

ސްޕެއިން ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ. މިހާތަނަށް ދުނިޔެއިން 1.7 މިލިއަން އަށްވުރެ ގިނަ މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރއިން 109000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު