ޗައިނާގެ ސިޓީއެއް ކަމަށްވާ ހުބޭ ޕްރޮވިންސަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މި ބަލީގެ ޝިކާރައަކަށްވި އެއްތަނެވެ.

ނަމަވެސް ހުކުރު ދުވަހު ވޫހާންގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި އެ ހިސާބުގައި ތިބި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހާލު ބޮޑު މީހުންގެ އަދަދު ވަނީ 100 އަށް ވުރެ ދަށްވެފައެވެ.

ހޫބޭގެ ހެލްތް ކޮމިޝަނުން ހޮނިހިރު ދުވަހު ބުނީ ކޮވިޑް-19 ޖެހުނު 320 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން 51 މީހުންގެ ހާލު ރަނގަޅުއިރު، ހާލަތުގައި ތިބި އިރު، 44 މީހުން އަދިވެސް ތިބީ ނާޒުކު ހާލަތެއްގައި ކަމަށެވެ. ހުކުރު ދުވަހު އެކަނި ވެސް އެ ހިސާބުން ވަނީ 28 ބަލި މީހުން ދޫކޮށްލައިފައެވެ.

އެހެންކަމުން ނަމްބަރުތަކަށް ބަލާ ނަމަ ހުބޭގައި ވެސް ސީރިއަސް ކޭސްތައް މަަދުވަމުންދާ ކަމަށް ދައްކައެވެ.

ހުކުރު ދުވަހު ހުބޭގައި އެއްވެސް އާ ކޭސްއެއް ފެނިފައި ނުވާއިރު، އެ ދުވަހު ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ޗައިނާގެ ވުހާނުން މަރުވި ދެ މީހުން ހިމެނެއެވެ. ވޫހާން ސިޓީއަކީ މި ބަލި އެންމެ ފުރަތަމަ ފެތުރުނު ކަމަށް ބުނާ ސަރަހައްދެވެ.

ހުބޭ ހެލްތް ކޮމިޝަނުން ބުނީ ހުކުރު ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުގައި ކޮވިޑް-19 އާ ގުޅިގެން މޮނިޓާ ކުރުމަށް އެނދުމަތި ކުރި މީހުންގެ ތެރެއިން 673 މީހުންގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ހާލު ބޮޑު މީހުންނާއި، ނުރައްކަލަށް ހުށަހެޅިދާނެ މީހުންނަށް ކޮވިޑް-19 ގައި ފަރުވާ ކުރުމަކީ އުނދަގޫ ކަމެކެވެ.

ވުހާންގެ ހޮސްޕިޓާތަކުގައި ތިބި ގިނަ މީހުން ވަނީ ނިއުކްލިކް އެސިޑް ޓެސްޓަށް ނައްސިވެފައެވެ. އެހެންކަމުން އެ މީހުންނަށް އެންޓިވައިރަސް ދޭން ނުޖެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހުބޭ ޕްރޮވިންސްގައި 67،803 މީހުންނަށް ކޮވިޑް 19 ޖެހުނެވެ. އޭގެ ތެރެއިން 50،008 މީހުންނަކީ ވުހާން އިން ބަލި ޖެހުނު މީހުންނެވެ.

ޗައިނާއިން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ހުކުރު ދުވަހުގެ ނިޔަލަށް 81،953 އަށް އަރައެވެ. އޭގެ ތެރޭގައި މިހާރުވެސް މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 1،089 މީހުންނާ ފަރުވާއަށް ފަހު ދޫކޮށްލި 77،525 މީހުންނާއި، އެ ބަލި ޖެހިގެން މަރުވި 3،339 މީހުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު