އިންޑިއާގެ ދެ ސަރަޙައްދަކަށް ދާދި ދެންމެއަކު ބިންހެކުންތަކެއް އަތުވެއްޖެއެވެ.

ބިންހަލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ދެބިންހެލުން އައިސްފައިވަނީ އިންޑިއާގެ ދިއްލީ އާއި އެޤައުމުގެ އުއްތަރ ޕްރަދޭޝް އަށެވެ.

އެ އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ދެ ބިންހެލުމުގެ ތެރެއިން ފުރަތަމަ ބިންހެލުން އައިސްފައިވަނީ އުއްތަރ ޕްރަދޭޝް އަށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަންގަނޑުން 3.7 އަށް އަރާ ކަމަށާއި، ބިންހެލުން އައީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން ކަމަށް ވެސް އެ އިދާރާތަކުން ބުނެފައި ވެއެވެ.

ދެވަނަ ބިންހެލުން އައިސްފައި ވަނީ އިންޑިއާގެ ދިއްލީއަށެވެ. އެ ސަރަޙައްދަށް މި ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 3.5 ގެ ބާރުމިނުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މި ބިންހެލުމުގެ އިހުސާސް ކުރެވިގެން ގިނަ ބަޔަކު ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

އިންޑިއާގެ ދެ ސަރަޙައްދަކަށް ކުދި ބިންހެލުންތަކެއް އައިސްފައި މިވަނީ އިންޑިއާ ކަނޑަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނިކޮށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.1 އަށް އަރާކަމަށް އިދާރާތަކުން ބުނެއެވެ.

މިއަދު އިންޑިއާގެ ދެ ސަރަޙައްދަކަށް އައި ބިންހެލުންތަކާއި ގުޅިގެން ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު