އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން އިތުރު 710 މީހަކު މަރުވެއްޖެ އެވެ.

މިއީ އެ ގައުުމުން މި ވައިރަސް ޖެހިގެން މިދިޔަ ފަސް ދުވަސް ތެރޭގައި މަރުވި މީހުންނަށްވުރެ މަދު އަދެކެވެ. އެހެން ނަމަވެސް މިއަދު ކެއާ ހޯމް ތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 10585 އަށް ވަނީ އަރާފައެވެ،

އިއްޔެ އެގައުމުން މި ބަލި ޖެހިގެން 917 މީހަކު ވަނީ މަރުވެފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު އެގައުމުން 953 މީހަކު ވަނީ މަރުވެފައެވެ. އަދި 9 ވަނަ ދުވަހު އެގައުމުން މަރުވެފައިވަނީ 887 މީހެކެވެ.

އެގައުމުން މިހާރު މި ބައްޔަށް ފައްސިވި (ޕޮޒިޓިވް) ވި މީހުންގެ އަދަދު ވަނީ 78,991 އަށް އަރާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަައިރަސް ހުއްޓުވަން ހުސްވި މާރިޗު މަހުގެ 23ން ފެށިގެން ފުރަބަންދު (ލޮކްޑައުން) އިއުލާން ކޮށްފައި ވީ ނަމަވެސް ފުރަބަންދުގެ ރަނގަޅު އަސަރުތައް އަދި ފެންނަމުންނެއް ނުދެއެވެ.

ދުނިޔޭގެ 21 ގައުމަކާއި، ސަރަހައްދަކުން މި ވައިރަސް ފެނިފައިވާއިރު، އިނގިރޭސިވިލާތަކީ މި ބަލި ޖެހިގެން 6 ވަނަ އަށް އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ފެނުނު މި ވައިރަސް އަށް މިއަދާއި ހަމައަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.