އަމިއްލަ ގޭގައި ކަރަންޓް ބޭނުން ކުރާތީ އިންޑިއާގެ މުސްލިމަކަށް އެގައުމުގެ ހިންދޫންގެ ގްރޫޕަކުން ހަމަލާދީ އޭނާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ކޮށްފިއެވެ.

"އޭއެފްޕީ" އިން ބުނީ ޞާދިގު ޚާން ނަމަކަށް ކިޔާ މުސްލިމަކު އޭނާގެ ގޭގެ ބޭރުގައި އިށީން ދެގެން އިންދާ ހިންދޫންގެ ގްރޫޕަކުން ތޫނު ހަތިޔާރު ހިފައިގެން އައިސް އޭނާ އަށް ހަމަލާ ދިނީ އޭނާގެ ގޭގައި ލައިޓްތައް ދިއްލާފައި އޮތުމުންނެވެ. ލައިޓްތައް ދިއްލާފައި އޮތުމުން ހިންދޫން ރުޅި އައީ ކަރަންޓް ބޭނުން ކުރާ މިންވަރު މިދުވަސްވަރު މަދުކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިލްތިމާސް ކުރައްވާފައި ވަނިކޮށް އެއިލްތިމާސަށް ޞާދިގު އަމަލު ނުކުރުމުންނެވެ.

މޯދީ މިމަހުގެ 05 ވަނަ ދުވަހު ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހުރިހާ ރައްޔިތުން ވެސް ކަރަންޓް ބޭނުން ކުރުން މަދުކޮށް އުއްބައްތި ދިއްލައިގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

އަނިޔާ ލިބުނު ޞާދިގުގެ ގެގައި ވެސް ދިއްލާފައި ހުރީ އެންމެ ލައިޓެކެވެ. އެގޭގެ ތެރެއަށް އަލި ކުރުމަށް ދިއްލާފައި ހުރީ އުއްބައްތިތަކެކެވެ.

ޞާދިގަށް ހަމަލާ ދިނުމުން އެކަން ހުއްޓުވަން މަސައްކަތް ކުރި އޭނާގެ އާއިލާގެ އިތުރު ހަތަރު މެންބަރަކަށް ވެސް އަނިޔާ ވެފައި ވެއެވެ.

ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް އަނިޔާއެއް ލިބި ޞާދިގާއި އޭނާގެ އާއިލާ އަށް އިންސާފު ލިބޭނެ ކަމަށް ޞާދިގުގެ އާއިލާ އިން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ މީގެ ކުރިން ވެސް މުސްލިމުންނަށް އަނިޔާ ކުރާ މީހުންގެ މައްސަލަތައް އިންޑިއާ ފުލުހުން ރަނގަޅަށް ތަޙްޤީޤު ކޮށްފައި ނުވާތީއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމަށް މޯދީ ވަޑައިގެންނެވި ފަހުން އިންޑިއާގައި މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނިކަމެތި މީހާ

  އަނިޔާވެރިންނަށް، މީސްތަކުންނަށް ޢިބުރަތަކަށްވާފަދަ މުޞީބާތެއް ކުރިމަތި ކުރައްވާންދޭވެ!

  62
  1
 2. ޢިކުރާމު

  ޔާﷲ ގެރިމޯދީޔާ ކޮރާނާ ވައިރަސް އަރާހަމަކުރައްވާށި .

  43
  1
 3. ކޭޑި

  ގެރިބޯ މޯދީ ކަލެއަށް އަދިވެސް ނުވިސްނެނީބާ މިހިރަ ޖައްބާރު ކަލޭ ގެ ހުރި ނުބައިކަން.

  42
 4. އަހުމަދު

  މޯދީގެ ވެރިކަން އިބުރަތަކަށް ވާގޮތަކަށް ނެތި ކުރައްވާންދޭވެ.

  11