ކޮވިޑް-19 ޖެހިގެން އެންމެ ގިނައިން މީހުން މަރުވާ އެއް ގައުމު ކަމަށްވާ ސްޕެއިންގައި މިދިޔަ 22 ދުވަސް ތެރޭ އެންމެ މަދުން މީހުން މަރުވި ދުވަހަަކަށް އިއްޔެ ވެއްޖެއެވެ.

އިއްޔެ އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 517 މީހެކެވެ. އޭގެ ކުރީ ދުވަހު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 603 މީހެކެވެ.

އެ ގައުމުގެ ހާލަތަށް ބަލާއިރު، އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 17489 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 3477 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިއީ މިދިޔަ 22 ދުވަސް ތެރޭގައި އެ ގައުމުން އެންމެ މަދުން ފައްސިވި ބަޔަކު ފައްސި ދުވަހެވެ. އެ ގައުމުން މި ވައިރަސް ފައްސިވި މީހުންގެ އަދަދު 169496 އަށް ވަނީ އަރާފައެވެ. މީގެ ތެރެއިން 7371 ގެ ހާލު ސީރިއަސް އެވެ. އަދި 64727 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިތުރު ތަފްސީލް އަންނަނީ...