މިދިޔަ އަހަރު ޗައިނާގެ މާރުކޭޓެއް ތެރެއިން ފެތުރެން ފެށި ކޮވިޑް-19 ވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އިގްތިސާދުތަކަށް ވަނީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފައެވެ. އޭގެ އަސަރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދެއް އޮންނަ ޗައިނާ އަށްވެސް ވަނީ ކޮށްފައެވެ.

ނަމަވެސް، ޗައިނާގެ އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މިހާރު އެ ގައުމުގެ އިގްތިސާދު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މި އަހަރުގެ ކުރީކޮޅު އެ ގައުމުގައި ހަލުވިކަމާއި އެކު ވަައިރަސް ފެތުރެމުން ދިޔަ ނަމަވެސް ޗައިނާގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު ވައިރަސް ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މިހާރު ޗައިނާގެ މާކެޓުތައް ހުޅުވައި، އާއްމު ހާލަތަށް ގައުމު ބަދަލުވަމުން އަންނައިރު، ބޭރު ގައުމުތަކަށް ގިނަ އަދަދަކަށް ތަކެތި އެކްސްޕޯޓު ކުރަމުންވެސް އެބަ ގެންދެއެވެ. މިގޮތުން މިދުވަސްވަރު މުޅި ދުނިޔެއަށްވެސް އެންމެ ބޮޑަށް ބޭނުން ޖެހިފައި ވަނީ ސިއްހީ އާލާތްތަކަށް ކަމުގައިވާއިރު، ޗައިނާ އަކީ މުޅި ދުނިޔެ އިންވެސް އެންމެ ފުޅާ ދާއިރާ އެއްގައި މިފަދަ ތަކެތި އުފައްދާ ގައުމުކަން ފާހަގަކޮށްލެވެއެވެ.

ޗައިނާ އިން ޖުމްލަ 82،160 މީހުން ވައިރަހަށް ފައްސިވިއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 3،341 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު