ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފެއްދި ބައްޔެއް ކަމަށް އެމެރިކާގެ 30 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޕިއު ރިސާޗް ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިކަން ތަހުގީގު ކުރަމުން އަންނަ ސިއްހީ މާހިރުންނަށް އަދި ވައިރަސް ފެތުރެން ފަށާފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޔަގީންވެފައި ނެތެވެ.

އެކަމަކު، ކޮވިޑް-19 އަކީ ލެބޯޓްރީއެއްގައި އުފެއްދި ބައްޔެއް ކަމަށް ބުނެ، އެ މައުލޫމާތު ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އަދި އެކަމުގެ ސަބަބުން މީހުންގެ ހިތުގައި އޮންނަ ބިރުވެރިކަން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށްވެއެވެ.

ސައިންސްވެރިން އަދިވެސް ދަނީ މި ވައިރަހުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ކޮވިޑް-19 އާ ބެހޭ ގޮތުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ފެތުރެން ދިމާވި އެންމެ ބޮޑު އެއް ސަބަބު ކަމަށް ވަނީ ވާލުންނެވެ.

ޕިއު އިން 8،914 މީހުން ބައިވެރިކޮށްގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި 29 ޕަސަންޓު މީހުން ގަބޫލު ކުރަނީ ކޮވިޑް-19 އަކީ ލެބެއްގެ ތެރޭގައި އިންސާނުން އުފައްދާފައިވާ ވައިރަހެއްގެ ގޮތުގައެވެ. އަދި 23 ޕަސަންޓު މީހުން ގަބޫލު ކުރަނީ އެ ވައިރަސް އުފެއްދީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކަމެވެ.

އެ ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން އެއީ ވާލުގެ ޒަރިއްޔާއިން ޖެހިދާނެ ބައްޔެއް ކަމަށް ގަބޫލު ކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށާއި، އަދި އެެއީ ލެބޯޓަރީއެއްގައި އުފައްދާފައިވާ ވައިރަހެއް ކަމަށް ގަބޫލުކުރާ މީހުންގެ ބޮޑު ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށް ޕިއު ރިސާޗް ސެންޓަރުން ކުރި ދިރާސާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިފުޅުބެ

    30 އިންސައްތަ އަކުން ކަމެއް ފާހެއްނުވާނެ. އަނެއް 70 އިންސައްތަ އެކަން އެގޮތަށް ޤަބޫލެއް ނުކުރޭނު.

  2. ހުސޭނުބޭ

    ކޮވިޑް 19 އުފައްދަނީ ވައިޓްހައުސްގެ ފާޚާނާއެއްގައި! އެ ފާޚާނާއަށް ވަދެއުޅޭނީ ފާޑެއްގެ ބޯހުދު ގަމާރެއް!

  3. އަޙްމަދު

    ލެބެއްގަ އުފެއްދިޔަސް ވާލުން އައި އެއްޗަކަސް ތިއެބަފެތުރޭ، ނުރައްކާ!