ކޮވިޑް-19 އަކީ ވާލެއްގެ ގައިން ޖަނަވާރެއްގެ ގަޔަށް އަދި އެއަށްފަހު އިންސާނެއްގެ ގަޔަށް ވާސިލްވި ވައިރަހެއް ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ގަބޫލު ކުރެވެއެވެ. އަލަށް ފެނުނު މި ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި ކޮރޯނާވައިރަސްތަކެއް ފެނިފައި ވެއެވެ. އެއީ ވެސް ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ވާސިލްވި ވައިރަސްތަކެވެ.
އެންމެ ނުރައްކާތެރި ގިނަ ވައިރަސް އެއްތަނުން އަނެއްތަނަށް އުފުލާ އެއް ޖަނަވާރަކީ ވާލެވެ. ސައިންސްވެރިން ގެންދަނީ ތަފާތު ވައްތަރުގެ ވާތައް ދިރާސާކޮށް، އެތަކެތީގައި ހުންނަ ވައިރަސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ކުރާ ސައިންސްވެރިންގެ ޓީމަކަށް މިހާރު ވަނީ ބައެއް ވައްތަރުތަކުގެ ވާލުން ހަބާތެއްގެ ކޮރޯނާވައިރަސް ފެނިފައެވެ.
ސްމިތުސޯނިއަމް ގްލޯބަލް ހެލްތު ޕްރޮގްރާމްގެ ސައިންސްވެރިން ވަނީ 11 ވައްތަރެއްގެ 464 ވާލަކުން 750 ސާމްޕަލެއް ނަގައިގެން ޓެސްޓްތައް ހަދާފައެވެ. އެޓެސްޓްތަކުން ވަނީ މީގެ ކުރިން ފެނިފައި ނުވާ ހަވައްތަރެއްގެ ކޮރޯނާވައިރަސް ފެނިފައެވެ.
މިދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސައިންސްވެރިޔާ މާކް ވަލިޓިއުޓޯ ވިދާޅުވީ މިދިރާސާ އިން އެނގުނު އެންމެ މުހިއްމު ކަމަކީ މިހާރު ދިމާވެގެން މިއުޅޭ ކަހަލަ ބޮޑު ބަލިމަޑުކަމެއް އިންސާނުންގެ ތެރޭގައި އަދިވެސް ފެތުރުން އޮތީ ވަރަށް ކައިރީގައި ކަމެވެ.
"މި ހަބާވަތުގެ ނުރައްކާތެރިކަން އަދި މުޅިން ކަށަވަރެއް ނުވޭ. ފަހަރުގައި މީގެ ތެރޭގައި ކޮވިޑް-19 އަށް ވުރެ ނުރައްކާތެރި ވައިރަސްތަކެއް ވެސް ހުރެދާނެ. އެހެންކަމަށް ވާނަމަ މިއިން ވައިރަހެއް އިންސާނުންގެ ގަޔަށް ވާސިލްވެއްޖެ ހާލަތެއްގައި މިހާރަށްވުރެ މާބޮޑެތި ބިރުވެރިކަމެއް އަހަރެމެންނާއި ކުރިމަތިވާނެ." މާކް ވިދާޅުވިއެވެ.
އަލަށް ފެނުނު ހަވައްތަރެއްގެ ކޮރޯނާވައިރަސް އިން މިވަގުތު އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް މިވައިރަސްތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ސައިންސްވެރިން ގެންދަނީ ކުރަމުންނެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 1.9 މިލިއަނަށް އަރާފައި ވާއިރު އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރަމުން ގެންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ.
ވާލާ ހެދިއެއް ނޫން އިންސާނުންގެ އިހުމާލުން މިބަލި ކޮންޓްރޯލް ނުކުރެވިގެން މިއުޅެނީ
ވާލު އެއީ ކާންބޯން އުފައްދަވާފައިވާ އެއްޗެއް ނޫން އެވަރުންވެސް ޗައިނާ ކުދިން އެ ނުކެވިގެން މަރަށް ތެޅެނީ
ޢަދި ވެސް މިލިޔަނުން ވާ ތަކަށް ޚަރަދުކޮށް ެެެެެ އެތަކެތި ހިމާޔަތް ކޮށްދޭން ވީނުން .
މި ރާއްޖޭގައި ވެސް ވާ އުޅެއެވެ. މާލޭގައި ވެސް ބައެއް ހިސާބުތަކުގައި ހުންނަ ޖޭމު ގަސްތަކުން ޖޭމުކާން ވާ ތައް އުޅެ އެވެ. ފުދޭވަރަަކަށް ވާ އުޅެ އެވެ.
އަވަހައް ވާލުން ސޫޕް ހަދާފަ ރައްޔިތުންގެ މަޖިލީހުގެ ސުޕީކަރައް އަރުވާދެއްވާ..
ބީތާޔާ ކަލޭގެ ލަދުހަޔާތް ކޮބާ؟
ހާދަ ވަރެއް ތި އެރީ. ސްޕީކަރޭ ބުނިއިރައް. ލދނ ނސދ
އަންނި ނަތަންޔާހޫ ގެރި މޯދީ ޓުރަންޕް އައް ވާލުގެ ރިހަ ކައްކާފަ ދީ