އެމެރިކާގެ ހައި ސްކޫލެއްގައި އިއްޔެ ބަޑި ޖަހާ 17 މީހުން މަރާލާ 14 މީހުން ޒަހަމްކޮށްލި ގާތިލް އުމުރުން 18 އަހަރުގެ ޖޯޝުއާ އެލެގްޒަންޑްރާ އަކީ ހިތުގައި އެއްވެސް ވަރެއްގެ ހަމްދަރުދީއެއް ނެތް މީހެއް ކަމަށާއި އޭނާ ބޭނުންވީ މަޝްހޫރު މީހަކަށް ވާން ކަމަށް އޭނާގެ މާމަ ބުނެފިއެވެ.

މިހާރު ފުލުހުންގެ ބަންދުގައި ހުރި ޖޯޝުއާ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަށް އެއް ދުވަސް ކުރިން އޭނާގެ މާމަ އަށް އެނގުނެވެ. އެކަން އެނގުމާއި އެކު މާމަ ވަނީ 911 އަށް ގުޅާ އެކަން ރިޕޯޓް ވެސް ކޮށްފައެވެ. ނަމަވެސް ފުލުހުންނަށް ފިޔަވަޅެއް ނޭޅެނީސް ޖޯޝުއާ ވަނީ އޭނާ ބޭނުންވި ކަންތައް ކޮށްފައެވެ.

ޖޯޝުއާ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަން އޭނާގެ މާމަ އަށް އެނގުނީ ހަމަލާގެ ޕްލޭންތައް ޖޯޝުއާ ލިޔެފައި އޮތް ފޮތެއް ގޭތެރެއިން ފެނުމުންނެވެ. އެފޮތުގެ އެއް ޞަފްގައި ލިޔެފައި ވަނީ "ބަޑި ޖަހައިގެން ގިނަ ބަޔަކު މަރާލާފައިވާ ހާދިސާތަކާއި ބޮން ގޮއްވުމުގެ ހާދިސާތަކުގެ މައުލޫމާތާއި ބޮން ގޮއްވަން އުޅުނު މީހުންގެ މައުލޫމާތު އަހަރެން އެއްކޮށްފީމެވެ. އަދި އެމީހުންނަށް ހެދިފައިވާ ގޯސްތައް ތަކުރާރު ނުކުރަން އަހަރެން ދަސްކޮށްފީމެވެ."

މިހާތަނަށް ފުލުހުންނަށް ޖޯޝުއާގެ ގެއިން ފެނުނު ހެކިތަކުގެ ތެރޭގައި ޕްރެޝަރު ބޮމެއް ތައްޔާރު ކުރާނެ ގޮތްތަކުގެ ލިޔުންތަކެއް ވެސް ހިމެނެއެވެ.

ޖޯޝުއާ ހަމަލާއެއް ދީފާނެ ކަމަށް ލަފާކުރެވޭތީ އެކަމުގެ ރިޕޯޓް ފުލުހުންނަށް ކުރުމުން ވެސް ފުލުހުން ފިޔަަވަޅެއް އަޅާފައި ނުވަނީ ކީއްވެތޯ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުންގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

ޖޯޝުއާގެ މައްޗަށް މިހާރު ވަނީ 17 މީހުން މަރާލުމުގެ ދައުވާ އުފުލާފައެވެ. މުއްދަތެއް ނެތް ގޮތައް އޭނާ ބަންދުގައި ބަހައްޓަން އިއްޔެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޖޯޝުއާގެ ޤާނޫނީ ވަކީލް ބުނެފައި ވަނީ އޭނާ އަކީ ނަފްސީ ބަލި މީހެއް ކަމަށެވެ. ޖޯޝުއާގެ މަންމަ މިދިޔަ އަހަރު މަރުވި ފަހުން އޭނާ އުޅެނީ ނަފްސާނީ މައްސަލަތަކެއްގައި ކަމަށް ވެސް ވަކީލް ބުންޏެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޖޯޝުއާ އަކީ ނަފްސާނީ ބަލި މީހެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެޑަމްބެ

    މުސްލިމެއްނަމަ - ޓެރަރިސްޓް!

    އެހެން މީހެއް ނަމަ - ޑިޕްރެޝަން ހުރި ސައިކޯއެއް!!!!

    ޑިމޮކުރަސީ އާއި ހައްގުތަކާއި ހަމަހަމަކަން ކަށަވަރު ކޮއްދޭ އައްޕަ ގައުމު!

    • ާަަުިެނުރަބޯ

      ހަޖަމްކޮށްލާ. ހަމަ ޓެރަރިސްޓެއް ކައެވެސްތީ

  2. މުއްލާ

    މިކަން ނިބުރުވެރި ޢަމަލެއްގޮގައި މީޑިއާއިން ސިފަނުކުރަނީ މުސްލިމެއް ނޫންވީމަ

    • ާަަުިެނުރަބޯ

      ހަޖަމްކޮށްލާ

  3. މުއްލާ

    ހުޅަނގުގެ މީޑިއާއިން މީނައަށް ދީފަވާ ޞިފަތައް...

    1. ޑިޕްރެސްޑު ލޯނަރ -ބީ.ބީ.ސީ-
    2.

  4. މުއްލާ

    ހުޅަނގުގެ މީޑިއާއިން މީނައަށް ދީފަވާ ޞިފަތައް...

    1. ޑިޕްރެސްޑު ލޯނަރ -bbc-
    2. ބުރޯކެން ޗައިލްޑު -mirror-
    3. ފެމެލީ ލޮސް - the New York times-
    4. ހިސްޓޮރީ އޮފް އެކްސްޕުލޯރސިވް އެންގަރ - Washingtonpost-
    5. މެންޓަލް އިލްނެސް - Trump-

    • ާަަުިެނުރަބޯ

      ހަޖަމްކޮށްލާ

      • ހުވަދޫ މީހާ

        ކަލޭތީ ކޯއްޗެއް؟ ހެހެހެހެހެހެހެހެެހެހހެެހެ

  5. ސަދުން

    އަހަރެމެން ގައުމަށް އައިނަމަ މަޝްހޫރުކޮށްލީސް. "އަޔަޑޯލް"އަށް އަރާލަނިކޮށް މަޝްހޫރުވެދާނެ އެއްފަހަރުން.

  6. ނުރަބޯ

    އެހެންވީމާ ރަނގަޅު. ގާތިލުގެ ކުށެއް ނެތް.

  7. Anonymous

    ތިއީ މުސްލިމެއް ނަމަ ނޫނީ މުސްލިމް ނަމެއް ކިޔާ ނަމަ އެވާނީ ޓެރަރިސްޓް ހަމަލާއަކައް.

  8. ކަދުރު

    ޢެނާ އަކީ ސިޔާސީ ކުއްވެރިއެއް. އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން.

  9. އިއްސޭ

    ފުލުހުން އަޅާނުލީ އޭނައަކީ މުސްލިމަކަށް ނުވާތީ! މުސްލިމް ނޫން ކޮންމެ މީހަކު މީހުން މެރުމުގެ ޖަރީމާއެއް ހިންގިއަސް އެ ވާނީ ނަފުސާނީ ބަލިމީހަކަށް!