ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އަވަށްޓެރި އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ކެރެލާގެ ފައިނޭންސް މިނިސްޓަރު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ވަރުގަދަ ބަހުގެ ހޫނު ހަމަލާ އެއް ދެއްވައިފިއެވެ.
ފައިނޭންސް މިނިސްޓަރު ތޯމަސް އިސާގް މިހެން ވިދާޅުވެފައި ވަނީ މިއަދު ގައުމާއި މުހާތަބު ކުރައްވަމުން ސްޓޭޓުތަކަށް އިތުރު ފަންޑުތައް ހަމަޖެހިފައިވާކަން މޯދީ ހާމަ ނުކުރައްވައި، ސްޓޭޓުތަކަށް ތައުރީފުގެ ބަސްތަކުން މޯދީގެ ވާހަކަ ނިންމައިލުމާއި ގުޅިގެންނެވެ.
ތޯމަސް ވިދާޅުވެފައި ވަނީ މި އުނދަގޫ ދަނޑިވަޅުގައިވެސް ބޭންކުތަކުން އިސްޓްރެސްޓް ރޭޓް ކުޑަ ނުކުރާ ކަމަށާއި، އަދި މައި ސަރުކާރުގެ ފަރާތުންވެސް އެއްވެސް ކަހަލަ ފައިސާގެ އެހީ އެއްވެސް ލިބެމުން ނާންނަ ކަމަށެވެ.
”އަހަރެން ގަބޫލުކުރާ ގޮތުން މޯދީ ހަމައެކަނި ސްޓޭޓުތަކަށް ތައުރީފް ކުރުމުން ނިމުނީ އެއް ނޫން. އަހަރެމެންނަށްވެސް ބޭންކުން ލޯނު ނެގެނީ ވަކި ވަރަކަށް. އިންޓްރެސްޓު ރޭޓުތައް އެހައި މަތި. ވަކި ވަރަކަށް ފައިސާ ނަގާފިއްޔާ ދެން އަހަރެމެންގެ މުސާރަތައް ކުޑަކޮށް ސްޓޭޓުގައި ހުންނާ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓާލަން މަޖުބޫރު ކުރުވާނީ. މިހެން މިކަމެއް ނުކުރެވޭނެ ހަމައެކަނި ތައުރީފްގެ ބަސްތަކަކުން“ ތޯމަސް ވިދާޅުވިއެވެ.
ތޯމަސް އިތުރަށް ވިދާޅުވީ އަންނަ މެއި މަހުގެ 3 އާއި ހަމައަށް ފުރަބަންދު (ލޮކްޑައުން) އިތުރުކުރަން ނިންމުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށާއި ނަމަވެސް، މިހާރަށް ވުރެން ބޮޑަށް މީހުން ވައިރަހަށް ޓެސްޓު ކުރުމުގެ ކަންކަން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ގިނަ ދިވެހިންތަކެއް ދިރިއުޅޭ ކެރެލާގައި މިހައިތަނަށް 178 މީހުން ވަައިރަހަށް ފައްސިވެފައި ވާއިރު، 3 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާގެ އެހެން ބައެއް ސްޓޭޓުތަކާއި އަޅާ ކިޔާއިރު، ކެރެލާގެ ހާލަތު އެހައި ގޯހެއް ނޫނެވެ.
މޯދީ ކީއްވެތަ އަމިއްލަ ޤައުމަށް ފައިސާގެ އެހީއާ ލޯނުތައް ލުއިނުކޮށްދީ ރާއްޖެއަށް އެހީތައްދޭން ވެގެން ފޫގަޅައިގެންއުޅެނީ ކަންދައްކަންވެގެންދޯ
ތިގައުމަށް ފައިސާ ދޭނީ ރާއްޖޭގައި މިހިރަ ކުޑަ މޯދީ ޔޭ ހާސްނުވޭ