ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އޮތް ނަމަވެސް އެއް ދުވަސްތެރޭގައި 300 މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް ސަރުކާރުން ކުރި ދިރާސާތައަކުން ދައްކައިފިއެވެ.

ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ދެން ކަންތައް ވެގެން ދާނެ ގޮތް ކަމަށް ލަފާކުރަން ކުރި ދިރާސާ އިން ދައްކާ ގޮތުގައި ރާއްޖެއިން އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ އެންމެ ގިނައިން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ ދުވަހު 1300 އަށް ވުރެ ގިނަ މީހުން އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ވެސް ދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ރާއްޖެ އިން ވަރުގަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އައިސީޔޫގައި 100 ވަރަކަށް މީހުންނަށް ފަރުވާ ދޭން ޖެހުމުގެ ފުރުސަތު އެބައޮތެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި އޮތްނަމަވެސް ރާއްޖެ އިން 2000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ދިރާސާ އިން ދައްކައެވެ.

މިދިރާސާގެ މައުލޫމާތު ދެއްވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެ އިން އެއްވެސް ފިޔަވަޅެއް ނާޅައި އޮއްވާ ބަލި ރާއްޖެ އަށް އައިނަމަ މާލޭ ސަރަހައްދުން އެކަނިވެސް 46000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހާލަތުގައި އެއް ދުވަސް ތެރޭގައި 7500 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކުރެވޭ ކަމުގައި ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ ރާއްޖެ އިން 10891 މީހަކު މަރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ނަމަވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވާތީ މަރުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ ހަތަރު މީހުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ މިފަދަ ލަފާކުރުންތައް ހަދާފައެވެ. ނަމަވެސް ގިނަ ގައުމުތަކުން ލަފާކުރި ވަރަށް ހާލަތު ގޯސް ނުވާނެ ކަމަށް މިހާރު ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހާމިލާ

    އާނ.. އެހެންވީނާ ދައުލަތުގެ ބަޖެޓުން 59 މިލިޔަނައް 50 ވެންޓިލޭޓަރު ގަނެލާ.. އެއަގައް 300 ވެންޓިލޭޓަރު ގަނެވޭކަމުގަ ވިޔަސް ގަންނަންވާނީ މިހާރު ބާޒާރުގައި ވިއްކާ އަގައްވުރެ 3 ގުނަ ބޮޑުކޮއް..

    44
    5
  2. Anonymous

    އެއްދުވސް ތެރޭ ކިތައްޓެސްޓް ކުރވޭތޯ؟ 7500/- އޭ ތިކިޔަނީ. ސްމެލްސް ފިޝީ

    14
  3. ާިފހމހ

    އެއިީ ކޮން 4 މީހުނެއް

    57
    2
    • ?

      ???

      12
    • ބާރީ

      ޔާމން ، ނަޝދު ، ގާސމް ، މ.މޫން.....

      11
  4. ޯބޯޖަލީލު

    ކެނެރީ ގުންޑާ ، އިދިކޮޅަށް ކޮވިޑު ޖައްސާނެ ކަމަށް ބުނި މެންބަރ ، ސަހިންދާ ، އަޒުރާ

    17
    1
  5. އެނޯ

    ނުރައްކާތެރި ފައްތަރަށް ނުގޮސް މިނުރައްކާތެރި ވަބާއިން ދިވެހި ގައުމާއި ރައްޔިތުން الله سبحانه وتعالى ސަލާމަތް ކުރައްވާށި އާމީން. ސިއްހީ އިދާރާތަކުގެ އިރުޝާދަށް އަމަލުކުމުގެ ހެޔޮ ވިސްނުން އަޅަމެންނަށް ދެއްވަވާނދޭވެ އާމީން.

    56
  6. ސަމީ

    މީ ހާދަ ވަރުގަދަ މޮޅު ދިރާސާ އެ ކޭ. ހީވާ ގޮތުން ސައި މޭޒު ތޮށުގައޮ ތިބެ ކޮށްލި ކަ މެއް..

    35
    1
  7. ކަމެއް

    ޢެހަތަރު މީހުންވެސް ވަނީ ކަށަވަރުވެފަ

    22
  8. Anonymous

    ބުއްޅަބެއަށް ރިޕޯޓް ފެނުނީ މިގައުމު މީ އެމިރިކާހެން

    23
  9. ނުހާ

    ތެދެއް...އެކޮން 4 މީހެއް...ހާދަމޮޅު ދިރާސާއެކޭދޯ...މަރަކީ ބުނެފަ ވާކަމެއް ދޯ...

    26
    • މަޒް

      ދިރާސާ އެކޭ ލިޔެފަ އޮއްވާ ނުފެންނަނީތަ؟ ހަނގުރާމައެއް ފެށިއްޖެޔާ މިވެނި އަދަދަކަށް މީހުން މިވެނި ކަމެއްގައި މަރުވެދާނެއޭ ބުނީމަ މާބޮޑު ކަމަކަށް ނުވޭ.. ބޯހަރުވިޔަސް ބޮޑުވަރު ތީ

      3
      8
  10. ބްރޯ

    ތިޔަ ކިޔަނީ ރަނގަޅު އެއްޗެއްތަ؟ބުނަން މިހާރު މާލެ މިގެންނަ މީހުން 14 ދުވަހު ބައިތިއްބަފަ ތިޔަ ދުކުރާ ކުރުމަކީ ގޯހެއް ބަރާބަރު 27 ދުވަހު ކަރަންޓީނުގަ ތިބެންޖެހޭނެ ،އޭރުން ރާއްޖެއަށް ބަލިޖެހިފަ ހުރި މީހަކު އައިނަމަވެސް ނޭގިއެއް ނުދާނެ . 14 ދުވަހަކީ ރަނގަޅު އަދަދެއްނޫން ރާއްޖެ މިއޮތީ ލަންކަެއައި 417 މޭލު ދުރުގަ އިންޑިޔައާއި 70 މޭލު ދުރުމިނުގަ މި ވައިރަސްއަކީ އުދުހިފަ މިހާދުރުމިން ކަޑައްތުކުރާ ވައިރަހެއްކަމެއް އެއްވެސް ދިރާސާ އަކު ބުނެފައެއްނުވޭ .ރާއްޖެއަށް މިބަލި ކުރިންއައީވެސް ސަރުކާރުން ފިޔަވަޅު ލަސްކޮށް އެޚުމުން ތިޔަ ދިރާސާގަ ބުނާހާލަތް ރާއްޖެ އަންނާނި މިބަލީގެ ޓާސްކްފޯސްއާއި ސަރުކާރު ގެ އިހުމާލެއް އައިސްގެން އެނޫންގޮތަކަށް ރާއްޖެއަށް ތިޔަ ބަލި އައުމުގެ ފުރުސަތެއް އޮތެކޭ ނުދެންނެވޭނެ ތިޔަ ދިރާސާގެ ވާހަކަ ތަކަށް ބަަލާއިރު އެދިރާސާހެދިމީހުން އަމިއްލަޔަށް އެމީހުންނީ ކަލުން ކަމަށް ދައުވާ ކުރެވިފަ ހުރިވަރަށް ތިލަކޮށް ވަހަކަ ދައްވާފަ ހުރިކަން ފަހަގަ ކުރެވޭ .ތިޔަރިޕޯޓަކީ ބޭރުން ފައިސާއާއިތަކެތި ހޯދަން ކުލެފައިވަ ޑްރާމާއެއްހެންވެސް އެބަހީވޭ،

    38
    4
    • ....

      މަށަށް ވިސްނެނީ އެދިރާސާގައި ފާހަނގަ ކޮށްފައިވާ ކަންކަންް މެދުވެރިވާނެކަމަށް ލަފާކުރާ ސަބަބުތަކަކީ ކޮބައިތޯ ސާފުކޮށްލަން އެބަޖެހޭހެން...އެ ސަބަބުތައް ނައްތާލެވިއްޖެ ނަމަ އިންޝާﷲ ދިރާސާގައި އެބުނާ ގޮތްތައް މެދުވެރި ނުވާނެ...ދިރާސާއެއް ހެދުމުގެ ބޭނުމަކީވެސް އެއީކަމަށް އަހަރެން ގަބޫލު ކުރަނީ...
      އަސްލުވެސް ހޯދިފައިވާ މިންވަރުން އިނީ ބޭރުން އެ ގެންނަމީހުންގެ ކިބައިން ރާއްޖެއަށް ބަލި އެތެރެވެވޭނެ ފުރުސަތު އެކަނި...އެހެންވީމަ ދެން އަޅަންޖެހޭ ފިޔަވަޅުތަކެއްވެސް ލަސްނުކޮށް އެބަ އަޅަން ޖެހޭތާ....މިހާތަނަށް ގެނެވިފަ ތިބި ބަޔަކު ކަށަވަރު މުއްދަތަކަށް އެކަހެރިކޮށްގެން ބެއިތިއްބުމާއި އިތުރު ބަޔަކު ނުގެނައުން އެއީ އެންމެ މުހިންމު ފިޔަވަޅެއް ކަމުގަ ގަބޫލު ކުރެވޭ...ބޭރުގަ ތިބި ބަޔަކަށް ސަރުކާރުން ވެވެންއޮތް އެހީއެއް ދީގެންވެސް މިހެން މިކަން ކުރުން ހުރިހާ ގޮތަކުންވެސް ގެއްލުން ކުޑަވެގެން ދާނެކަމަށް ލަފާކުރެވެނީ މަށަށް...ބަލި ފެތުރިއްޖެ ހާލަތެއްގަ ކުރަންޖެހޭ ހަރަދާއި ނުރައްކާ މާބޮޑުވާނެ...އެންމެ ރައްޔިތެއްގެ ވެސް ފުރާނަ ބިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް ދެކިގެން ނޫނީ ރައްޔިތުންނަށް ހެޔޮ މިސްރާބަކަށް ނުދެވޭނެދޯ....

  11. ވެދާނެ

    މީހުން ދެން ރިސާޗްވެސް ހަދާ. އެކަމަކު ނަޒްލާމެން މިހާރު ދެން ތަންފުކެއް ބޮޑު ހެން ހީވަނީ. ދިރާސާ ހެދީ ކާކު. ކޮން އިރަކު. ހަމަ ތިބެލާފަ ދިރާސާއެކޭ އަދަދުތަކެކޭ ކިޔާފަ މީހުން ހެއްދިޔަސް ތީ ތަންކޮޅެއް ބޮޑުވަރު.

    36
    1
  12. ބޮލި މުލައް

    ސަރުކާރުންތަ ދިރާސާކުރީ ނޫނީ މަޖުލީހުންތަ؟

  13. ބްރޯ

    ކޮވިޑްޖެހިގެން މަރުވަ 4 މީހުންއެމީހުންގެނަން ރިޕޯޓްގަ ލިޔެލި ނަމަ ރަނގަޅުވީސް މިހާރު އަންދަޒާކުރާނަމަ ބުނެވެނި ގައުމަށް ފައިދާކުރާނެ 4 މީހުންގެ ވާހަކަ އެއީ ނަސިދަ އިބުސާލިހާ ސާހިދާއި އީވާ.

  14. ޢާބިދާ

    ވައްކަން ކުރާނެ ގޮތެެއް ނެތިގެން ހެދި ފިރާސާއެއްތީ ތިޔަ ފިރާސާއެއް ތިޔައުޅެނީ ކެނެރީގޭ ތެރޭން ހަދާގެން ވައްކަމުގެ އެންމެ މޮޅެތި އުކުޅު އެނގޭނީ އl ލާދީނީ އެތިފަހަރައް އޭނަގެ ހިތުހިސާބައް ޗަކޮއެމެން ހަދާގެން އުޅޭ ފިރާސާއެއްތީ ދެންބަލަންތިބެމާ އެއްލައްކަ މީހުންނައް އެއްފަހަރާ އެޑްމިޓް ކުރެވޭވަރުގެ ޖާގަހުރި ތަނެއް އަޅަންށޭކިޔާފަ ބައިކުދިންނައް މިލިޔަނު ބަހާތަން.

  15. ޏަން

    ތިދިރާސާ ކޮންމެ ގޮތަކަށް ހެދި ކަމުގަވިޔަސް މިދިރާސާ ޕޮސިޓިވް ވުސްނުމަކުން ނެގުން މުހިއްމު ކަމަށް ދެކެން... މިކަން ވަރަށް ބޮޑުކޮށް ނަގައިގެން މެނުވީ މިކަމުން ސަލާމަތް ވުމުގެ ދުރުސަތު ވަރަށް ހަނި ކަމުގައި ދެކުން މުހިއްމު..ހަގީގަތަކީ ކޮމިޔުނިޓީ ސޕްރެޑަކަށް އެންމެ ރަށެއް ގޮސްފިނަމަ ވެސް މުޅި ރާއްޖެއަށް އޭގެ ނުރައްކާ ފޮރާނެ... . އެފަދަ ހާލަތެއްގައި ބޭނުން ކުރާނެ ވަސީލަތްތައް ވަރަށް މަދު... ޙިޔުމަން ރިސޯސަސް އިން ފެށިގެން ކެޕިޓަލް ރިސޯސަސް އަށް ބެލިކަމުގައިވިޔަސް... ޙަމަ ވަރަށް ލިމިޓެޑް... ރަށްރަށުގައި އެއްގޮތަކަށް ވެސް ނެތޭ ދެންނެވިދާނެ ދެރަ ގޮތެއް ވުމުގެ ކުރިން ހޭއަރާ...

  16. ޏޫމާން

    ކީއްވެތޯ ތިޔަބައިމީހުން ހެއްދެވިފަރާތާއިމެދހު ތިހާއިތުބާރު ކުޑއކުރައްވަނީ ﷲފިޔަވާއެހެންފަރާތެއްގެވާގިލިބެނީތޯ

  17. އިބިރާ

    އެއުޅެނީ އެއެއްޗެއް މިޤައުމައްގެނސްގެން ބޭރުޤައުމުތަކުން އެނހީ ހޯދަން އެހެޔޮ ރައްޔިތުން ހަލާކުވިއަސް ބޭނުންވަނީ ދިގުދެމިގެންވާގޮތެއްގަަ ވެރިކަމުގަތިބެން

  18. ޢާދޭސް

    ތިޔަހެން ބުނެލާގެން އެޗް.ޕީ.އޭގެ ޒިންމާ ނިމުނީކަމަށް ނުބައްލަވާ ، ތިޔަބޭފުޅުން ހުއްދަ ދެއްވާގެން ނޫންތޯ ، އަމިއްލަ ގެ ބޮޑު އަގުގައި ކުއްޔަށް ދީފައި ރާއްޖެެއިން ބޭރުގައި ޗަރުކޭސް ދައްކަން އުޅުނު މީހުން ތިޔަ ގެނައީ ، ކުއްލި ނަގާގެން ދައުލަތަށް ޓެކްސްވެސް ނުދައްކާ ތިބެފައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރުކުރުވާގެން އެތިބީ ބަލި ހިފާގެން އައިސް، މިކަމުގައި އެޗް.ޕީ.އޭ ގެ ޒިންމާ އޮތީ،
    ﷲ ގެ ހެޔޮ ރަހުމަތުން ޕިލިޕީންސުން އާ މީހާވެސް ދޫނުކުރަނީސް ބަލި ފެނުނީ ،
    ކަރަންޓީނު މުއްދަތު 21 ދުވަހަށް ހަދަންވީ ، އޭގެ ކުދިން 14 ވަނަ ދުވަހު ޓެސްޓްވެސް ކުރެވޭނެޔެއްނު

  19. ރަދީފު

    ޑ.ރ ކަމަނާއަށް 1 ދުވަސް ތެރޭގައި ކިތަށް ދޮގު ހަނދަން ޖެހިދާނެބާ!

  20. ޑެވިލް

    މީނާ ކިޔެވި ފޮތުގެ ބަނޑޭރި ލިބިދާނެތަ.....

  21. ލަކީ

    ހެހެ މިކަމުގެ ބޮޑުކަން ވިސްނާފަ ކޮމެންޓް ކުރުން ރަންގަޅު ތިމަންނަގެ މަންމަ ނޫނީ ބައްޕަ
    ނޫނީ ދަރިރަކައް މިކަން ދިމާވީމަ އިހުސާސް ކުރެވޭނީ މީގެ ހުރި ބޮޑުކަން މިހާރު ވެންތިލޭތަރޭ
    ތިކިޔަނީ ވިސްނާލަ ނިކަން