އެމެރިކާއިން ދުނިޔޭގެ ޞިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އަށް ދޭ ހުރިހާ ފައިސާއެއް ދިނުން ހުއްޓާލުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމުރުކޮށްފިއެވެ.

"ޑަބްލިޔުއެޗްއޯ އިން ވަނީ އެމީހުންގެ ޒިންމާ އަދާކުރުމުގައި ފެއިލްވެފައި. ކޮރޯނަވައިރަހުގެ ކަންތަކުގައި އެމީހުންގެ އަމަލު ހުރިގޮތާއި މެދު ޖަވާބުދާރީ ކުރުވަން ޖެހޭނެ." ޓްރަމްޕް ބުންޏެވެ.

ޑަބްލިޔުއެޗްއޯ އަށް ފައިސާ ދިނުން މެދުކަނޑާލަން ޓްރަމްޕް ނިންމީ، ޑަބްލިޔުއެޗްއޯ އިން ޗައިނާއިން ދޭ ދޮގު މަޢުލުމާތު ޕްރޮމޯޓު ކުރާކަމަށް ބުނެއެވެ.

ޓްރަމްޕް ރުޅިގަދަވެފައި މިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ރިކޯޑް އަދަދަކަށް މީހުން މަރުވެފައި ވަނިކޮށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 2200 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ޞިއްހީ ތަޖުރިބާކާރުން ވަނީ މިދިޔަ ޖަނަވަނީ މަހުގައި އިންޒާރުތަކެއް ދީފައެވެ. އެހެންނަމަވެސް ޓްރަމްޕް ވަނީ އެ އިންޒާރުތައް ބަލައިނުގަނެ، މި ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ބުނެފައެވެ. އަދި އިންފްލުއެންޒާ އާއި އެކު އުޅޭގޮތަށް، މި ބައްޔާއެކުވެސް އުޅެން ޖެހޭނެކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް އޭރު ފިޔަވަޅު އެޅި ނަމަ، އެމެރިކާ މިހާރު އޮތް ހާލަތަށް ނުދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ޓްރަމްޕް ބުނީ ކޮވިޑް-19 ގެ ކަންތަކުގައި ގޯސް ހެދީ ޑަބްލިޔުއެޗްއޯ އާއި މީޑިޔާ އިން ކަމަށެވެ.

"އެމެރިކާއިން އަހަރަކު 400 - 500 މިލިއަން ޑޮލަރ ޑަބްލިޔުއެޗްއޯ އަށް ދޭ. ޗައިނާއިން ދެނީ 40 މިލިއަން ވަރަކަށް ޑޮލަރު" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ ޑަބްލިޔުއެޗްއޯ އިން އެމެރިކާގެ ހާލަތު ރަނގަޅަށް ބެލިނަމަ، އެގައުމުގައި ބަލި ފެތުރުން ކޮންޓްރޯލްވާނެ ކަމަށާއި، އަދި ބަލި ޖެހިގެން މަރުވާނީ މަދު ބައެއް ކަމަށެވެ.

އެމެރިކާ އިން ޑަބްލިއުއެޗްއޯއަށް ދޭ ފައިސާގެ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ފުރަތަމަ ދިނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ޓްރަމްޕްގެ އެއިންޒާރަށް ފަހު ޑަބްލިއުއެޗްއޯ އިން ވަނީ އެފަދަ ފިޔަވަޅެއް އެމެރިކާ އިން ނާޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އެހެން ބުނިތާ 24 ގަޑިއިރު ނުވަނީސް އެމެރިކާ އިން މިވަނީ އެޖަމިއްޔާ އަށް ފައިސާ ދިނުން ހުއްޓާލާފައެވެ. އެމެރިކާ އިން އެޅި ފިޔަވަޅާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ތިމާގެ އަމިއްލަ ރައްޔިތުންނަށް ރައްކާތެރިކަމެއް ނުދެވުނު މީހަކު އެހެން ބައެއް ބަދުނާމު ކުރިއަސް ވާނެ ފައިދާއެއް ނޯންނާނެ ! ޑަބްލިއޫ.އެޗް.އޯ އަށް އެހީ ނުދިނީމަ ކަލޭގެ ރައްޔިތުން މިބަލިން ރަގަޅު ވީތަ ؟ ކަލޭމެން ދުނިޔެ މަތީގަ ހަތިޔާރުގެ ގޮތުން ބާރުގަދަވިއަސް މިއަދު ތިވަނީ ދުނިޔޭގެ ކުރިމަތީގަ ކުޑަކަކޫ ޖެހިފަ ! ކުޑަކުޑަ ވައިރަސް އެއްގެ ސަބަބުން ކަލޭމެންގެ އާރާއި ބާރު އަދި ކިބުރުވެރިކަން މިވަނީ ވެއްޔާ މޮޑެވި ހަމަބިމަށް ތިރިވާން މަޖްބޫރު ކޮށްފަ ! އަދިވެސް ބޮޑާކަމާއި ކިބުރުވެރިކަމާއި އަނިޔާވެރިކަން އިތުރުކުރެވޭތޯ ބަލާ !

  2. މިރިސް

    އެމިރިކާއަށް މިހާރުވިސްނެންވެޖެ އިމީހުންގެ އަތުގައި އެއްވެސްބާރެއްނެތްކަން އަދި އެއްވެސްކުށެއްނެތް އެތައް މުސްލިމް ކުޑަކުދިންނާއި އަންހެނުން ޝަހީދުކުރަމުން ދިޔައިރު އެއާއިލާތަކަށް ލިބެމުންދިޔަ ނިކަމެތިކަން މިއަދު އެމެރިކާއިން ތަހަމަލް ކުރަންތިޖެހުނީ ﷲ ގެ މަތިވެރިކަމާއި މެދި ވިސްނާ އެމެރިކާގެ ހެޔޮވިސްނޭ ރައްޔަތުން ﷲއަށް އީމާންވެ މިކަމުން ސަލާމަތްވޭތޯ ﷲ ދަންވަންވީ ވަގުތު މިއޮތީ އެމެރިކާ ގައި މިހާރުހުރި ރައީސަކީ ސިކުޑީގައި މައްސަލަ ހުރިރައީސެއް

  3. ދާމޫ

    ޓްރަމްޕަކީ ބޮޑުވެގެންވާ ގަމާރެއް!

    11
  4. ދަރަނި ދަންތުރަ

    މީ ކެނެރީގޭ ސޮރާ ޖެހުނު އަނެކަކު.... ހުވާ