އިޓަލީގެ ވެރިކަން ކުރާ ރަތް ކަމުގައިވާ ރޯމުގައި ބޮޑު ވަޅުގަނޑެއް (ސިންކް ހޯލް) އެއް އުފެދިއްޖެއެވެ.

ރޯމްގައި މި ބޮޑު ވަޅުގަނޑު އުފެދުމުގެ ކުރީގައި ބިންގަނޑު ގުޑައިގެން ދިޔަކަމަށް އެސަރަހައްދުގައި ދިރިއުޅެމުން ދިޔަ އާންމު ރައްޔިތުން ރިޕޯޓް ކޮށްފައިވެއެވެ.

ފުން މިނުގައި 30 ފޫޓް ހުރި މި ވަޅުގަނޑު ތެރެއަށް 6 ކާރު ވެއްޓިފައިވާއިރު އެސަރަހައްދުގައި ދިރިއުޅެމުންދިޔަ އާއިލާތަށް ވަނީ ރައްކާތެރި ސަރަހައްދު ތަކަށް ބަދަލު ކޮށްފައެވެ. އެގޮތުން 22 އަށް ވުރެން އާއީލާތަށް ވަނީ މިހާރު ބަދަލުކޮއްފައެވެ.

މިހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް މިހާދިސާގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދިޔަ ގިނަބަޔަކު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވަޅުގަނޑަކީ ކޮން ކަމެއްގެ ސަބަބުން އުފެދުނު ވަޅުގަނޑެއް ކަން ނޭނގޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިހާދިސާ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އެގައުމުގެ ޕްރޮސެކުޝަން އޮފީހުން ވަނީ މިކަމުގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބެލުމަަށް ހާއްސަ ތަހުގީގެއްވެސް ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަހުޒަމާނުގައި ތިފަދަ ކަންތައްތައް ހިނގާނެ. އިންސާނުންނޭ ބިރުވެތިވޭ!

  2. ފަހު ޒަމާނުގެ އަލާމާތެއް ބިންގަޑު ގަނބައިގަތުމާ. ޢިންސާނުނގެ ތެރެއިން ބަޔަކު ޖަނަވާރުންގެ ސިފަ އަށް ބަދަލުވުން. ފޮތް ތައް ބައްލަވާ...

  3. އެކިފަހަރު އެކިކޮޅައް

    އުޅެވޭ ގޮތުން

  4. ކުދިންނޭ ހަދީސްގާވޭ ފަހުޒަމާނަކައްއައިސް އަންނާނެޔޭ ބިންގަނޑުގަންބަވާގަތުމަކާއި އންމަތުގެތެރޭން ބަޔަކު ރާމާމަކުނާ އޫރުގެސިފަޔައް ބަދަލު ކުރެއްވުމަކާއި އުންމތުގެމައްޗައް ގިންނިހިލާގެ ވާރޭވެހުމަ ކާއި...ކޮންމެގޮތެއްވިޔަސް މިކަން ކަމަކީ ހިންދާނޭ ކަންކަން..