ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ޖާރުމަންވިލާތުން އިތުރު 309 މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ޖަރުމަންވިލާތުން ގިނަ އަދަދެއްގެ ބަޔަކު ކޮވީޑް-19 ގެ ޝިކާރައަކަށްވެ މަރުވެފައިވާއިރު، މިއީ މިހާތަނަށް މި ބަލީގައި އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. ކޮވިޑް-19 ޖެހިގެން އެޤައުމުން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. އެދުވަހު އެޤައުމުން މި ބަލީގައި 333 މީހަކު މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ޖަރުމަންވިލާތަށް ކުރިމަތިވެ އިއްޔެވެސް ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، މިހާތަނަށް އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 3804 އަށް އަރާފައެވެ.

ޖަރުމަންވިލާތުން މިހާތަނަށް 134753 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރޭގައި އިއްޔެ އެކަނިވެސް ވައިރަސް އަށް ފައްސިވި 2543 މީހަކު ހިމެނެއެވެ.

ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެއްގެ ގޮތުގައި އޮތް ޖަރުމަންވިލާތުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ، 72600 މީހެކެވެ. އެޤައުމުން މި ބަލީގައި 4288 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

މިހާތަނަށް ޖަރުމަންވިލާތް ހިމެނޭހެން ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު 2075528 އަށް އަރާފައިވާއިރު، އޭގެތެރެއިން 134286 މީހަކު ވަނީ މަރުވެފައެވެ.

މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 509599 މީހެކެވެ. އަދި ސީރިއަސް ހާލުގައި 51145 މީހަކަށް ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުދުއްލާ

    ކޮރަންޓީނު ނުކޮއް ކިތެއް އާއިލާތޯ މާލެ އެތެރެ
    ވެފަވަނީ މިސުވާު ކުރަން ޖެހުނީ ރައީސް ނަށީދު
    މިބައްޔައް ޓެސްޓު ކުރެއްވިގޮއި ފެނިފަ ސުވާލަކީ
    މީތޯ އެއްމެ ރައްކާތެރި ގޮތަކީ ވަކިބައެއް ތޯ ކޮރަންޓީނުކުރަން ޖެހެނީ