މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ހުރިހާ ގައުމަކުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ދެ ހަތުރުންގެ ގޮތުގައި މަޝްހޫރު ވެފައިވާ ޗައިނާ އާއި އިންޑިއާ އިންވެސް މި ދުވަސްކޮޅަށް ކޯޅުން ހުއްޓާލައި، އެއް ގައުމު އަނެއް ގައުމަށް އެހީވާން ފަށައިފިއެވެ.
މިގޮތުން މިއަދު އިންޑިއާ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިކްރަމް މިސްރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޗައިނާ އިން އިންޑިއާ އަށް 650،000 ޓެސްޓު ކިޓު ފޮނުވާފައިވާ ކަމަށެވެ.
މިސްރީ ވިދާޅުވެފައިވާ ގޮތުގައި މިފަދަ ދަނޑިވަޅެއްގައި ދެ ގައުމުގެ ސަރުކާރުންވެސް ދަނީ ސިއްހީ އާލާތްތަކާއި އެނޫންވެސް ޒަރޫރީ އެއްޗެހި ދެގައުމުގެ ރައްޔިތުންނަށްވެސް ބޭނުންވާވަރަށް ލިބޭނެގޮތް ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން ކަމަށާއި މި ދަނޑިވަޅުގައި ދެ ގައުމުންވެސް އެއް ބަޔަކު އަނެއް ބަޔަކަށް އެހީވާނެ ކަމަށެވެ.
އަދި މިދުވަސްކޮޅު ދެ ގައުމު ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުރިއަށް އޮތް ތަނުގައިވެސް އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ މަގު ތަނަވެސް ވެގެންދާނެކަމަށް ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ނަމަވެސް، ޗައިނާ އިން މިފަދަ އެހީތައް ވަމުން ގެންދިއުމުން އެ ގައުމުގެ ބައެއް ރައްޔިތުން ބުނަމުން ގެންދަނީ ޗައިނާ އިން ދައްކާ ދަޅަތަކަށް އިންޑިއާ އިން ނުހެއްލުމަށެވެ.
ސީނުކަރައިން އުތުރުކަރަ އަށް މިހާރވެސް އެހީވެ އެދައްކަނީ ކޮންކަހަލަ ރީތި ނަމޫނާއެއް!
ކިހާވަރެވީ....ކަމަކާޖެހުމުން ޗަ އިނާ ފަ އިބުޑަށް އިންޑިޔާ ވެ އްޓެނީ...ރާ އްޖެ ޖެހެނީ އިންޑިޔާ ފަ އިބުޑުގަ ދޫހާކަން....ދެގަ އުމުގެ މީހުންނަ ބޭނުންވާތަކެތިން އެހީވެދޭނޭ އިންޑިޔާ ސަފީރުބުނާ އިރު ކޯންޗަކުން އިންޑިޔާ އެހީވީ ޗަ އިނާމީހުން ބަލިވީމަ...ޖޯކްޖަހަންތިބީ އިންޑިޔާ މީޑިޔާތަ އް...ރާ އްޖެ އަށް ޗަ އިނާގެ އެހީ އަޔަނުދީ ހު އްޓުވަނީ އިންޑިޔާ.. އިންޑިޔާ ކުޅެންވާ ފަރާތްނޭގި އެބުރޭތަން މިފެންނަނީ މުޅިދަނޑުގަ... އިދިކޮޅުގަވެސް އިންޑިޔާ އެ އްކޮޅުގަވެސް އިންޑިޔާ ސަޕޯޓަރުންނަވެސް އިޑިޔާ ރެފްރީ އަކަށްވެސް އިންޑިޔާ. ކޮ އްމެދިމާލަކުން އެތިކޮޅެލިބުނަސް ދިރުވާލުން އިންޑިޔާ ބޭނުންވަނީ...
ބަރާބަރު. ޗައިނާއިން ދޭ އެހީ އިންޑިޔާއިން ބޭނުންކުރަން އޯކޭ. ޢެކަމަކު އިންޑިޔާ ދެކެ ބިރުން ރާއްޖެއިން ޗައިނާގެ އެހީގަ ނުހިފާ...
ދެން މީގެ އިން ބަ އި އަޅާނީ ކެނެރީ ގެ އަށް . ދިފާ ބުނާނީ އިންޑިޔާގެ އެހީ އެކޭ
ކޮންތާކު މިޖެހުނީ.
އެންމެ ސަޅި ތަންކޮޅަކީ ކޮވިޑް ނަން ކިޔުމާއި އެކު އިންޑިޔާއިން ސެނެޓައިޒަރ އާ މާސްކް ވަގުތުން އިންޑިޔާއިން ބޭރު ނުކުރެވޭ ގޮތް ހަދާފަ ކޮވިޑަށް ހާއްސަ ބޭހެކޭ ކިޔާފަ އެމެރިކާއިން ރޮއިރޮއި އޮއްވާ ސީދާ ބޭސް ދިނިއްޔޯ. މީހަކު މޮޔަވާނެ. މާސްކުުުްތައް ފޮރުވި ބަޔަކުުުުު ބޭސް ކޮޅެއް ދޭނެތަ
އެންމެ ސަޅި ތަންކޮޅަކީ ކޮވިޑް ނަން ކިޔުމާއި އެކު އިންޑިޔާއިން ސެނެޓައިޒަރ އާ މާސްކް ވަގުތުން އިންޑިޔާއިން ބޭރު ނުކުރެވޭ ގޮތް ހަދާފަ ކޮވިޑަށް ހާއްސަ ބޭހެކޭ ކިޔާފަ އެމެރިކާއިން ރޮއިރޮއި އޮއްވާ ސީދާ ބޭސް ދިނިއްޔޯ. މީހަކު މޮޔަވާނެ. މާސްކުުުްތައް ފޮރުވި ބަޔަކުުުުު ބޭސް ކޮޅެއް ދޭނެތަ