ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2.1 މިލިއަނަށް އަރައިފިއެވެ.

މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބަށް ބަލާއިރު 2,108,639 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް މި ވައިރަސް ޖެެހިގެން 137,060 މަރުވެފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވީ 527,471 މީހުންނެވެ.

ފަރުވާއެއް އަދި ހޯދިފައިނުވާ މި ބަލި ޖެހިގެން މިހާތަނަށް އެންމެ ގިނަ ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 650,833 މީހަކު ރިޕޯޓް ކޮށްފައިވާއިރު، ބަލި ޖެހިގެން 32,707 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ބަލި ފެތުރެންފެށިތާ އެންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލި ފެތުރިފައިވާ ގައުމުތަކުން އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވެފައިވާ ގައުމެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ސްޕެއިން އިން ފައްސިވެފައިވާއިރު، 3 ވަނަ އަށް އޮތީ އިޓަލީއެވެ. އެދެގައުމު ދޫކޮށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ފްރާންސްއިންނެވެ. މި ހަތަރު ގައުމާއި އެކީ ޖުމްލަ 6 ގައުމަކުން ވަނީ ބަލި ޖެހިގެން ލައްކައަކަށްވުރެ ގިނަ މީހުން ރިޕޯޓް ކޯށްފައެވެ.

ދުނިޔޭގެ 210 ގައުމާއި ސަރަހައްދު ހިމެނޭހެން މި ބަލި ފެތުރިފައިވާއިރު، މިހާތަނަށް މި ވައިރަސް އާއި ހަނގުރާމަ ކުރުމަށް ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ. ސިއްހީ ނިޒާމު އެންމެ ވަރުގަދަ ގައުމުތަކުގައިވެސް މި ބަލި ޖެހިގެން މީހުން މަރުވަމުން އަންނަ އަދަދު ދަށެއް ނުވެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ސިޓީއެއް ކަމަށްވާ ވުހާން އިންނެވެ. ގިނަ ބަޔަކު ބުނެފައިވަނީ އެ ގައުމުން ބަލި ފެންނަން ފެތުރެން ފެށުމުން ކޮންޓްރޯލް ކުރުމަށް އުނދަގޫވާނެ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން މިހާރު ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު