ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ ފުރަބަންދު (ލޮކްޑައުން) އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިފަދަ ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީގައި ވަނީ ވަރަށްވެސް ތަފާތު ފުރަބަންދުގެ ގަވާއިދުތަކެއް އެކުލަވާލާފައެވެ.

ތުރުކީގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައި ވަނީ ހަމައެކަނި ހަފްތާ ބަންދު ދުވަސްތަކުގައެވެ. ހަފްތާ ތެރޭގައި އުމުރުން 20 އަހަަރާއި 65 އަހަރާއި ދޭތެރޭގެ މީހުންނަށް ބޭރަށް ނިކުތުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް މިހާރު އެ ގައުމުގެ ރެސްޓޯރެންޓުތަކުން ދެނީ ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވެރީގެ ހިދުމަތް ކަމުގައިވާއިރު، ގިނަ ފިހާރަތައްވެސް ބަންދުކޮށްފައި ހުރުމުން އެ ގައުމުގެ ރައްޔިތުން ބޭރަށް ނިކުމެ އެއް ނޫޅެއެވެ.

ތުރުކީގެ ހުރިހާ ހިސާބެއްގައި ފޯނުން ގުޅައިގެން ބޭނުންވާ ތަކެތި ގެއާއި ހަމައަށް ގެނެސްދިނުމުގެ ޙިދުމަތް ހަމަޖައްސާފައި ވާއިރު، އުމުރުން ދުވަސްވީ މީހުން ބޭނުންވާ ތަކެތި ގަނެދީ، އެތަކެތި ޑެލިވެރީ ކޮށްދެމުން ދަނީ އެ ގައުމުގެ ފުލުހުންނެވެ.

މިހާރު މުޅި ގައުމުގައި މާސްކު ވިއްކުން ހުއްޓާލާފައި ވާއިރު، ސަރުކާރުން ދަނީ ކޮންމެ ހަފްތާ އަކުވެސް ކޮންމެ މީހަކަށް 5 މާސްކު ހިލޭ ދެމުންނެވެ. މާސްކަށް އެދި އޮންލައިން ކޮށް އެޕްލައި ކުރުމުން އެތަކެތޮ ސަރުކާރު ގެއާއި ހަމައަށް ފޯރުކޮށްދެއެވެ.

މީގެ އިތުރުން، އެ ގައުމުގެ ކޮންސްޓްރަކްޝަނާއި ފެކްޓްރީތަކުގެ މަސައްކަތް އާދައިގެ މަތިން ކުރިއަށް ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ. އެއީ މިފަދަ ފަރާތްތަކަށް މި ދަނޑިވަޅުގައި މަސައްކަތް ހުއްޓާލަން ޖެހިއްޖެނަމަ އޭގެ އަސަރު ވަރަށް ބޮޑަށް އިގްތިސާދަށް ކުރާނެތީއެވެ. އިނގިރޭސިވިލާތުގެ ލެންކަސްޓާ ޔުނިވާސިޓީގެ ވައިރޮލޮޖިސްޓެއް ކަމުގައިވާ ޑރ. މުހައްމަދު މުނީރު ވިދާޅުވެފައި ވަނީ މިފަދަ ފަރާތްތަކުން މި ދަނޑިވަޅުގައި ސިއްހީ ކަންކަމަށް އިސްކަން ދީގެން މަސައްކަތް ކުރުމަކީ މައްސަލަ އެއް ނޫން ކަމަށާއި ނަމަވެސް މަސައްކަތުގެ ބޭރުން އެހެންތަނުގައި ގިނަވެ އުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

ތުރުކީ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ވައިރަސް ފެތުރެމުން އަންނަ 10 ގައުމު ތެރޭގައި ހިމެނޭ ގައުމެއް ނަމަވެސް، އެ ގައުމުން މަރުވާ މީހުންގެ ނިސްބަތް ވަރަށްވެސް މަދުކަން ފާޙަގަކޮށްލެވެއެވެ.

ތުރުކީ އިން މިހައިތަނަށް 74،193 މީހަކަށް ވަައިރަސް ޖެހިފައިވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 1،643 މީހަކު ވަނީ މަރުވެފައެވެ. އަދި ފަރުވާ ދީގެން 7.089 މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  ރަގަޅު ވެރިން ތިބޭ ތަންތަން ހަމަ ވަރަށް ރަގަޅުވާނެ!

  63
  3
  • ޔސރ

   ކަލޭ ހަވާ ނަފްސާ ދިމާވީމަ އެ ރަނގަޅުވީ. ގޮސް އިސްތާންބުލް އެއާޕޯޓަށް އަރާ ލަފާ އައިސް ބުނެބަ އެއީ ކިހާ ވަރެއްގެ ބަޔަކު އުޅޭ ތަނެއް ކަން. ނަމުގަ މާ އިސްލާމް ދީނަށް ރަނގަޅު ވެގެން އުޅޭ އިޚްވާނީ ޚާއިނުންތައއ.

   9
   26
 2. އަހަރެން

  އަލްއަޚް ޔސރ އަށް. ތިޔަ ވިދާޅުވި ކަންތަކުގަ ކޮންމެވެސް ޙަޤީޤަތެއްވޭ. އެކަމަކު ވަކި ފަރާތަކަށް ނުޖެހި ތަންކޮޅެއް ތަނަވަސް ވިސްނުމަކުން ވިސްނާ ލައްވާ! ވަރަށް ގިނަ ކަންކަމުގަ ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު ތުރުކީ ވަރަށް ބޮޑުތަންވެސް ރަނގަޅު. މީހުން ޚާއިނުންނަށް ވަނީ ކޮންމެހެން ވަކި ނަމެއްގެ ފަހަތުގައި ހުރެގެން ނުވަތަ ނުހުރެގެންނެއް ނޫން. ﷲ އާއި ރަސޫލާ ޞައްލައް ﷲ ވަސައްލަމް އަންގަވާފައިވާ ގޮތާއި ޚިލާފަށް އުޅޭ މީހުންނަކީ ޚާއިނުން. އެއީ ޚާއިނުން ބަލަންޖެހޭ މިންގަނޑަކީ.

  11
  1
 3. ޓިޕިކަލް

  ދިވެހި ރާއްޖޭގައި ތިހެން ކަންކުރެވޭނީ ރައްޔިތުން އަމުރަށް އެންމެ ފުރިހަމައަށް ތަބާވާނަމަތާ. މިއުޅެނީ ދެތިން ދުވަސް ގޭގައި މަޑު ކުރަން ޖެހިގެން ކަން ބޮޑުވެގެން.

  9
  3
 4. ސެކު

  ތުރުކީގަ 74000 މީހުންނަށް މިބަލި ޖެހުނުއިރުވެސް އާމުންނަށް ރޯދަޔައް ތައްޔާރުވާން މުހިންމު ކަންތައް ކުރެވޭ. މާލޭގަ އެންމެ 9 މީހުންނަށް މިބަލި ޖެހިގެން މީގެން އެއްވެސް ކަމެއް އަހަރުންނަކަށް ނުކުރެވޭ. މީ ކޮރޯނާ ވައިރަހަށްވުރެއް ބިރުވެރި ކަމެއް

  5
  8