ދުނިޔޭގެ ހުރިހާ ހިސާބެއްގައި މިހާރު ހަލުވިކަމާ އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން އިތުރު 306 މީހަކު މަރުވެއްޖެއެވެ.

މިއީ އިއްޔެ އެގައުމުން މަރުވި މީހުންގެ އަދަދަށްވުރެ ގިނަ އަދަދެކެވެ. އިއްޔެ އެގައުމުން މަރުވީ 417 މީހުންނެވެ. އެހެންކަމުން މިއަދު އެ ގައުމުން އިތުރު 111 މީހަކު މިވަނީ މަރުވެފައެވެ.

މިހާތަނަށް އެގައުމުން ޖުމްލަ 5،163 މީހަކު މި ބަލީގެ ޝިކާރަ އަކަށްވެ މަރުވެފައިވެއެވެ. މިދިޔަ 24 ގަޑިއިރު ތެރޭ އެގައުމުން ވައިރަހަށް 1،329 މީހަކު މުޅިން އަލަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. މިހާތަނަށް އެގައުމުން މި ބައްޔަށް 34،809 މީހަކު ވަނީ ފައްސިވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބެލްޖިއަމް އިން ވަނީ 7،961 މީހަކު ރަނގަޅުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 1،140 މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާއިރު މިހާތަނަށް 2 މިލިއަނަށް ވުރެން ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އަދި ލައްކަ އަކަށް ވުރެން ގިނަ މީހުން މި ބަލި ޖެހިގެން މަރުވެފައިވާއިރު 4 ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ.