ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަށް އެމެރިކާ އާއްމު ހާލަތަށް ގެނެސް، ގައުމުގެ އިގްތިސާދާއި ހިންގުން ކުރިއެކޭވެސް އެއްގޮތަށް ގެންދަން ޓްރަމްޕް ބޭނުންވާކަން ހާމަ ކުރި ނަމަވެސް، އެ ގައުމުގެ ގިނަ އަދަދެއްގެ ގަވަރނަރުން އެކަމާއި ދެކޮޅު ހަދައިފިއެވެ.

މީގެ ކުރިން ސްޓޭޓުތަކުން މައި ސަރުކާރުގެ ކިބައިން އެހީ އަށް އެދުމުން ޓްރަމްޕް ގަވަރނަރުންނާއި ޒާތީވެ، އެ ތަކެތި ފޯރުކޮށްދޭނީ ރީއްޗައް ބުނުމުންކަމަށް ބޮޑެތި ނޫސްވެރިންގެ ބައްދަލުވުން ތަކުގައިވެސް ބުނެފައިވާއިރު، ޓްރަމްޕް އިތުރަށް ބުނީ ރައްޔިތުން ވައިރަހަށް ޓެސްޓުކޮށް، އެމީހުން ގެތަކުގައި ބޭތިއްބުމަކީ ސްޓޭޓުތަކުގެ ގަވަރނަރުންގެ ޒިންމާ އެއް ކަމަށެވެ.

ޓްރަމްޕް އަބަދުވެސް އޭނާގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ރަނގަޅުކަމަށް ބުނަމުން އަންނަނިކޮށް މިހާރުގެ ހާލަތުން އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަަށް ދަށަށް ގޮސްފައެވެ. އެހެންކަމުން، މީގެ ކުރިންވެސް ޓްރަމްޕް ވަނީ މި މަހުގެ 12 ވަނަ ދުވަހުވެސް ގައުމު އާއްމު ހާލަތަށް ގެނެސް އަލުން ހުޅުވަން ބޭނުންވާކަމަށް ބުނެފައެވެ. އެފަހަރު ޓްރަމްޕަށް އެކަން ނުކުރެވުނީ އާދަޔާ ޙިލާފަށް އެ ގައުމުގައި ވައިރަސް ފެތުރެން ފެށުމުންނެވެ.

މިހާރު މެއި 1 އަށް ގައުމު ހުޅުވަން ބޭނުންވާކަމަށް ޓްރަމްޕް ބުނި ނަމަވެސް، އެމެރިކާގެ ގާނޫނު އޮންނަގޮތުން ސްޓޭޓުތައް ހުޅުވުމުގެ ބާރު އޮންނަނީ ގަވަރނަރުން އަތް މަތީގައެވެ. ބައެއް ސްޓޭޓުތަކުގެ ގަވަރނަރުން މިހާރު ޔޫނިއަން އެއް ހަދައި، ސްޓޭޓުތައް ހުޅުވާނެ ވަކި ދުވަހަކާއި މެދު މަޝްވަރާ ކުރަމުން އަންނައިރު، މެއި 1 އަށް އެ ސްޓޭޓުތައް ނުހުޅުވާނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއާއިއެކު ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، އެކަމުގެ ބާރު ލިބިދެނީ ހަމައެކަނި އޭނާ އަށް ކަމަށް ބުނެފައެވެ. އެމެރިކާ އަކީ މިހާރު މުޅި ދުނިޔެއިންވެސް އެންމެ ގިނަ މީހުން ވައިރަހަށް ފައްސިވެ، އެންމެ ގިނަ ބަޔަކު މަރުވި ގައުމުވެސް މެއެވެ.

ޓްރަމްޕުގެ ވާހަކަތާކައި ގުޅިގެން ސިއްހީ މާހިރުންވެސް ކަންބޮޑުވުން ފާޅުކުރަމުން ބުނެފައި ވަނީ މެއި މަހު ގައުމު ހުޅުވައިފިނަމަ ޖުލައި ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި މިހާރު އެ ގައުމުން ފެންނަ ހިތި ނަތީޖާތަކުގެ ދެގުނަ ފެނިގެންދާނެ ކަމަށެވެ.

މިހައިތަނަށް އެމެރިކާ އިން 676،676 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، ވައިރަހުގެ ޝިކާރަ އަކަށްވެ 34،784 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާ ދީގެން އެ ގައުމުން ރަނގަޅުވެފައި ވަނީ 56،127 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    އެންމެ ފުރަތަމަވެސް އެމެރިކާ ހަލާކުގެ ތެރެއަށް ވައްޓާލި މީހަކީ ތިކަލޭގެ ! ތީ ވެރިކަމުގައި ބަހައްޓަން ވާ ވަރުގެ މީހެއް ނޫން ! ތީ ސިކުޑި ހަމަނުޖެހޭ މޮޔައެއް !

    36
    1
  2. ކަލީމް

    ތީ މަންމަނެއް މިދަނޑިވަޅު ގައި ވެސް ތިކަލޭގެ އުޅެނީ ތީނަގެބިޒްނަސް އަށްގެއްލުންދައްކާތީވެ އެކަމުން އަރައިގަނެވޭތޯ...އެމަރިކާ ސީޓީތައް ހުޅުވަން އެއްވެސް ރައްޔިތަކަށް ތީނަނުބަލާނެ...

    10
    1
  3. އެމަންޖެ

    ކަލޯ ގައުމު އެންމެންގަޔައް ބަޑި ޖަހާ މަރަންވީނުން ތިހާ މީހުން މަރަންބޭނުމިއްޔާ.

    10
    1
  4. ސަރާސަރު

    އެމެރިކާގެ ވެރިކަމަށް ޓްރަމްޕް. އައުމަކީ، މުސްލިމު އުއްމަތަށް ލިބުނު ރަޙްމަތެއް އަދި ނިޢުމަތެއް. އެކަން މިދަނީ ފެންނަމުން.

    1
    4