ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކްރޮން އަދި ފަސްޓް ލޭޑީ ބިޖިޓް މެކްރޮން އެމެރިކާއަށް ވަރަށް ފަހުން ކުރެއްވި ޒިޔާރަތަށްފަހު ހައިރާންކުރުވަނިވި އާ މައުލޫމާތުތަކެއް ހާމަވެއްޖެއެވެ.

ފްރާންސްގެ ފަސްޓް ލޭޑީ ބްރިޖިޓް މެކްރޮން ވިދާޅުވި ގޮތުގައި އެމެރިކާގެ ފަސްޓް ލޭޑީ މިލާނިއާ ޓްރަމްޕް ވައިޓް ހައުސްގައި ދިރިއުޅެނީ ޖަލުގައި ގައިދީން ދިރިއުޅޭފަދަ ގޮތަކަށެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހުރި އަސްލު ހުނަރުވެރިކަމާއި ވަރުގަދަ ޝަހްސިއްޔަތު ފޮރުވިފައިވާކަމަށްވެސް ބްރިޖިޓް މެކްރޮން ވަނީ ވިދާޅުވެފައެވެ.

ބްރިޖިޓް ވިދާޅުވި ގޮތުގައި މިލާނިއާ އަކީ އަސްލު ހަގީގަތުގައި ވަރަށް މަޖާ އަދި އުފާވެރި މީހެކެވެ. އަދި އޭނާއަކީ ހަރުކަށި މީހުންނާއި ގުޅެން ނޭނގޭ މީހެއްހެން ހީވިނަމަވެސް އެއީ ދޮގެއްކަމަށް ބްރިޖިޓް ވަނީ ހާމަކޮށްފައެވެ.

ފަސްޓް ލޭޑީއެއްގެ ގޮތުގައި ބްރިޖިޓްއަށްވުރެ އެތައް ކަމެއްގައި އެތައް ގޮތަކުން މިލާނިއާއަށް ހުރަސްއެޅިފައިވާކަމަށް ވެސް ބްރިޖިޓް ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ ސަލާމަތީ ކަންކަން ހުންނަގޮތުން ވައިޓް ހައުސްގެ ކުޑަ ދޮރެއް ހުޅުވާލިޔަސް ސީކްރެޓް ސާރވިސްއިން ގުޅާފައި ވަގުތުން އެ ދޮރު ލެއްޕުމަށް އަންގާކަމަށް ބްރިޖިޓް ވަނީ ވިދާޅުވެފައެވެ.

ވައިޓް ހައުސްއިން ބޭރަށް ދިޔުމަށްވެސް މިލާނިއާއަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާއިރު އޭނާ ކޮންމެ ދުވަހަކުވެސް ޕެރިސްގައި ބޭރަށް ދާކަމަށް ބްރިޖިޓް ވަނީ ވިދާޅުވެފައެވެ.

އަދި އޭގެ އިތުރުންވެސް ފަރަންސޭސިވިލާތުގެ ވެރިކަމަށް އޭނާގެ ފިރިމީހާ އިމެނުއަލް މެކްރޮން އައި ފަހުން އޭނާގެ ހަޔާތަށް އައިސްފައިވާ ބަދަލުތަކާއި އެމެރިކާގެ ފަސްޓް ލޭޑީ މިލާނިއާގެ ހަޔާތުން މިހާރު ފެންނަ ކަންކަމާއި ބެހޭގޮތުން ބްރިޖިޓް ވަނީ އެތައް ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބްރިޖިޓް ކޯޗެއް ތި އެނގުނީ. މިލޭނިއާ އެމެރިކާއަށް އަރާ އެނަގެ ފަރިކަމުގެ ދުނިޔެވީ ފައިދާ ނެގީ ދުނިޔޭގެ އެހެން އެއްވެސް އަންހެނަކަށް މިގެ ކުރީގާ އެކަން ކުރެވިފާ ނެތް ފެންވަރަށް. އެމެރިކާގެ އެއްމެ މުއްސަނދި މަހުޖަނަކު އަތުއަޅުވާ އޭނަގެ ފިރިޔަކަށް ހެދި. އަދި އެނަގެ ފިރިމީހާ ދުނިޔޭގެ މިހާހިސާބަށް އުފެދުނު އެއްންމެ މުއްސަނދި އަދި އެއްމެ ބާރުގަދަ ގައުމުގެ ރައީސް އަކަށް ހެދާ އެގައުމުގެ މަހާ ރެހެންދިއަށްވި. މިލޭނިއާ އަކީ އާދައިގެ ކަނބަލެއް ނޫން.