ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެ ގައުމަށް ބިންހެލުން އައި ކަމަށް ރިކޯޑުތަކުން ދައްކަނީ 6.9 މެގްނިޓިޓިއުޑްގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އޮގަސަވަރާ އައިލޭންޑްސް އަށް ކަމަށާއި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 490 ކިލޯ މީޓަރު އަޑިން ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ބިންހެލުން އައީ ޖަޕާނު ގަޑިން 17:26 އެހާކަންހާއިރު ކަމަށާއި ބިންހެލުމުގެ ސަބަބުން އެއްވެސް ކަހަލަ ސުނާމީއެއްގެ ބިރުވެރި ކަމެއް ނެތް ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.