ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވިއްޖެ ކަމަށާއި، މިހާރު ގައުމު އާއްމު ހާލަތަށް ގެނެސް، ގައުމުގެ އިގްތިސާދު ހުޅުވާލަން ވީކަމަށް ލަންކާގެ ހެލްތު މިނިސްޓަރ ޕަވިތްރާ ވަނިއަރައްޗީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕަވިތްރާ ވިދާޅުވެފައި ވަނީ އެމެރިކާ އާއި އެނޫންވެސް ބޮޑެތި ގައުމުތަކުން ރައްޔިތުންގެ ސިއްހަތަށް ވުރެން ބޮޑަށް އިސްކޮށްފައި ވަނީ ގައުމުގެ އިގްތިސާދު ކަމަށާއި ނަމަވެސް ލަންކާ އިން އިސް ކުރީ ރައްޔިތުންގެ ސިއްހަތު ކަމަށެވެ. އެގޮތަށް ކަންތައް ނުކުރިނަމަ، ލަންކާ އިން އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނީސްކަމަށް ޕަވިތްރާ ވިދާޅުވިއެވެ.

”ބޮޑުވަޒީރާއި ރައީސްގެ ދުރު ވިސްނޭ ސިޔާސަތުތަކުގެ ސަބަބުން އަހަރެމެން އިސްކުރީ އިގްތިސާދަށް ވުރެން ބޮޑަށް ރައްޔިތުންގެ ސިއްހަތު. ސަރުކާރުން އެޅި ހަރުނަދާ އަދި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ކޮންޓްރޯލް ކުރެވިފައި މި އޮތީ. މިހާރު ގައުމުގައި ކާފިއު އިއުލާން ކޮށްފައި އޮންނަތާ މަހެއް މިވަނީ. މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ. އެކަމަކު މިހާރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިއްޖެކަމަށް ގަބޫލުކުރަން. ދެން ގައުމުގެ އިގްތިސާދު ހުޅުވާލަން ވީ. އަބަދު ކާފިއު އިއުލާން ކޮށްފަ އެއްވެސް ނުބޭއްވޭނެ“ ޕަވިތްރާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ގައުމުގައި އަލަށް ފައްސިވާ މީހުން ފައްސިވަމުން ގެންދަނީ ކަރަންޓީނު ފެސިލިޓީތަކުގައި ކަމަށާއި މުޖުތަމައު ތެރޭގައި ވައިރަސް ނުފެތުރޭ ކަމަށެެވެ.

ސްރީލަންކާގައި ކާފިއު އިއުލާން ކޮށްފައި ވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. މި ހަފްތާ ތެރޭގައި ކޮލަމްބޯ އާއި އެނޫންވެސް ބޮޑެތި ސިޓީތައް ފިޔަވައި އެހެން ހިސާބުތަކުގެ ކާފިއު އުވާލަން ނިންމާފައިވާއިރު، ވަރަށް އަވަހަށް ކޮލަމްބޯގެ ކާފިއުވެސް އުވާލާނެކަމަށް ބެލެވެއެވެ.

15،000 ދިވެހިން ދިރިއުޅޭ ލަންކާ އިން މިހައިތަނަށް 248 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު، 7 މީހަކު ވަނީ މަރުވެފައެވެ. އަދި 77 މީހަކަށް ފަރުވާދީގެން ރަނގަޅުވެފައި ވާއިރު، އެތައް ހާސް ބަޔަކު ވަނީ ކަަަރަންޓީނު ފެސިލިޓީތަކުގައި އެކަހެރިވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޭޗާރާ

    ސާބަހޭ، ޒިންދާބާދު، ގޮތަބާ އަދި ރާޖަ ޕަކްސަ. ހިތްމަތްތެރި ހިންގުންތެރި ހަރުދަނާ ލީޑަރޝިޕެއް އޮތުމުގެ ބޭނުމަކީ ތިއީ. ކުރިންވެސް ޔަގީންކަން އޮތް ޝްރީލަންކާގައި މިހާރު ތިއޮތް ލީޑަރޝިޕްގެ ދަށުން މިސަރަހައްދުން އެންމެ ފުރަތަމަ މިކަން އިއުލާންކުރާނެކަން.

    51
    5
  2. ހުޅުލޭ ބޮޑުމީހާ

    މިތާ އުޅޭ ބޮޑުވަޒީރާއި ބޮޑުކަރާމެން ވިސްނީ ރައްޔިތުންނަށް ކޮންމެހެނެއް ވިޔަސް ޓޫރިސްޓުން ގެނެވޭތޯ..އެކަމުގެ ހިތި މިއަދު ރައްޔިތުން މިދެކެނީ

    69
    3
  3. މީ

    އަލްހަމްދު ލިﷲ

    67
    1
  4. އަލެކްސް

    ހަރުކަށިކޮށް ފިޔަވަޅުއަޅައިގެންނޫނީ ދިވެހިންގަޑު މައިތިރިނުވާނެ!

    77
    3
  5. މުޖޫ

    ފިޔަވަޅު ތަކާހެދި އެމްބަސީ ކުދިން ހޭކެނޑިގެން ދިވެހިންަށް ޚިދުމަތް ދިނީމަވެސް ބުނީ، އެމްބަސީއިން އަޅައެއްނުލައޭ. ލަންކާގަ އުޅޭ ދިވެހިންނަށް ނުކޮށްދޭކަމެއްނެތް އެމްބަސީއިން. ޑޮލަރު މާރު ކޮށްދިނުމާ، ބޭސް ނަގައި ދިނުމާ، ހޮސްޕިޓަލަށް ގެންގޮސް ދިނުމާ، އޭޓީއެމްއަށް ގެންދިއުމާ، އެތައްކަމެއް ކޮށްދިން.

    39
    6
  6. އެމަންޖެ

    މިރާޖޭގަވެސް މިކަން ކޮނޓުރޯލު ކުރެވޭނީ މި ބޯހަރުމީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އެޅިގެން...އަދިވެސް ބޯހަރުކަމުން ރިޕޯޓުކުރަންވާމީހުން ތިބޭނެ ބަލިވެ އުޅުނަސް ރިޕޯޓުވެސް ނުކޮށް.

    22
    1
  7. އަލްޖިބްރާ

    ތިޔަހާ އަވަހަށް އިޤްތިސޯދޭ ގޮވަމުން މުޅިޤައުމު ހުޅުވާލުމަކީ އަދި އެހާ ބުއްދިވެރި ކަމެއް ނޫން ! ވައިރަސް ކޮންޓްރޯލް ކުރެވުނަސް މިބައްޔަކީ އަދި ފަރުވާއެއް އޮތްކަމެއް ނޫން ! ދެން މީހުންތަށް ދެކޮޅަށް ދުއްވައިގަތީމަ ބަލިޖެހުނަސް އަތަކު ނުވާނެ ! ހޭބަހައްޓާ !

    22
    2
  8. ސހދބދހދ

    ލަންކާގަ 3000 ވަރަކައް ކޭސް އުޅޭނެ.. މިއީ ..ދޮގު

    9
    2
    • މިވަގުތާއި ހަމައަށް ލަންކާ އިން ފައްސިވެފައި ވަނީ 248 މީހުން. މިހާރު ފައްސިވަމުންދާ މީހުންނަކީ ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުން.

  9. ޝަފާގު

    ލަންކާ ހުޅުވާލައިގެން ..ބޮނޑިބޯތަން .. ބަލަން..ތިބޭތި.

    5
    1