މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 290 މީހަކު މަރުވެއްޖެ އެވެ.

މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5453 އަށް އަރާފައެވެ. އެ ގައުމުން އިތުރު 1045 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 37183 އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބެލްޖިއަމް އިން 8,348 މީހަކު ރަނގަޅުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 1,119 މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާއިރު މިހާތަނަށް 2 މިލިއަނަށް ވުރެން ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ. އަދި ލައްކަ އަކަށް ވުރެ ގިނަ މީހުން މި ބަލި ޖެހިގެން މަރުވެފައިވާއިރު، ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދެވި ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު