ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުން ހައްދުފަހަނައަޅާފައިވާ އިންޑިއާގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތައް 14 މީހަކު އެކި ފަހަރު މަތިން ރޭޕް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ކުމާރު އެންމެ ފުރަތަމަ ރޭޕް ކޮށްލާފައި ވަނީ ހައަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އެކުއްޖާ ރޭޕް ކޮށްލިއިރު ކުމާރުގެ އުމުރަނީ 15 އަހަރެވެ. މިހާރު ކުމާރުގެ އުމުރުން 24 އަހަރު ވެފައި ވާއިރު ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތައް 14 އަންހެނުން ރޭޕް ކުރިކަމަށް ކުމާރު ވަނީ އެއްބަސްވެފައެވެ.

ކުމާރު ފުރަތަމަ ކުއްޖަކު ރޭޕް ކޮށްލި މައްސަލައިގައި ތިން އަހަރުގެ ޖަލު ޙުކުމެއް 2009 ވަނަ އަހަރު އިއްވިއެވެ. އެޙުކުމް ތަންފީޒު ކުރުމަށް ފަހު އޭނާ ޖަލުން މިނިވަންވީ 2012 ވަނަ އަހަރުއެވެ. ދެން އޭނާ 2014 ވަނަ އަހަރު ހައްޔަރުކުރީ ދެ އަންހެނުން ރޭޕް ކޮށްލި މައްސަލައެއްގައެވެ. ދެން އޭނާ ސަލާމަތްވީ 2015 ވަނަ އަހަރު ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން އޭނާ އުޅުނީ ފިލައިގެންނެވެ.

އެންމެ ފަހުން އޭނާ މި ހައްޔަރު ކުރެވުނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ އަވައްޓެރިއަކަށް މިދިޔަ ޑިސެމްބަރު މަހު ހަމަލާ ދިނުމަށް ފަހު ފިލައިގެން އުޅެނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަށަފަރު

    އިންޑިޔާ ސަރުކާރުން ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހި މިކަން ހުއްޓުވަން ގޮވާލަން. މީ ކިހާ ހުތުރު ކަމެއްތޯ؟

  2. ގާސިމްބެ

    މިވަރުގެ ގޮތެއްނެތް ބަޔަކު މި ރާއްޖެއަށް ހަތިޔާރާއެކު ނާރައިގެން އެއްބަޔަކު ދުވާލުދާ ހަތަރުދަމު ނިދިނައިސްގެން އެ ތެޅި ބާލަނީ.. އަންނި އޮންނާނެ މިހާރު ހޭން ޔޫރަޕުގަ! އާން އެހެންތާ ވާނީ.. އޭނަޔަށް ލަނޑުދިން އެންމެން އެތިބީ މީނަ ޖެހި ގުއި ރޯނުގަ ޖެހި ހަޑި ހާވައިގެން އެންމެފަހުން ޖަލުގަވިއްޔާ... ކިހާ ސަޅި.. މިވަރުންވެސް މި މީހުންނަށް ސަނާކިޔާ މީހުންނަށް އެއްޗެއް ވިސްނޭނެބާ؟؟ އަންނި ކަލުއައް ވަރައްސަލާމް.. ހެހެހެހެ

  3. ޑިމޮކްރަޓިސްޓް

    ސަރުކާރުން ކުމާރު ފްރޭމްކޮށް ތިހިންގާ ޖަރީމާ ވަގުތުން ހުއްޓާލާ، ކުމާރު މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލަން####

    • ނައްޓެ

      ހަހަހަހަހަހަހަހަަހަ

    • ގުފީސް

      ސަޅި ހިހިހި!!!!!!!

  4. މަލިކައްޑޫ

    ރޭޕު ހުއްޓުވަން ޚާއްޞަ ސިފައިން ނުތިބޭތީ ޢަޖާއިބުވަން، ރާއްޖެ ސަރަޙައްދަށް ޚާއްޞަ ސިފައިން މިހާރުވެސް އެތައް މިލިއަން ޑޮލަރެއް ހޭދަ ކޮއްފަ ތަމްރީނު ހަދަނީ ކީއްކުރަން؟ ރާއްޖެ ނުހިފާތި!، ދިވެހި އަންހެން ކުދިން ރޭޕް ނުކުރާތި.

  5. ތުއްތަފާ

    ތިކަން ހުއްޓުވަން ވަރަށް އަވަހަށް ރާއްޖެއިން ފިރިހެނުން ފޮނުވަން އެބަ. މުޒާހަރާ ކުރާ ކުދިންނަށް ތިކަން އަންގައިފިން. ޓީމް ލީޑަރަކަށް މިކޮޅުން ދާނީ ފޮޓޯ ބްލެމެއިލްގެ ވެރިޔާ މރ ރިލޯޑޭ..