އިސްރާއީލްގެ ރައްޔިތުން އެގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ. މިމުޒާހަރާ ކުރިއަށް ގެންދިޔައީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެކަކު އަނެކަކާއި ދެމެދު ދުރުމިން ބަހައްޓައިގެންނެވެ.
ކޮންމެ ދެމީހެއްގެ ދެމެދުގައި ދެމީޓަރުގެ ދުރުމިނެއް ބަހައްޓައިގެން ގިނަ އަދަދެއްގެ ރައްޔިތުން ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކުރީ އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައެވެ. 2000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ނަތަންޔާހޫގެ ކިބައިން އިސްރާއީލް ސަލާމަތް ކުރުމަށް ގޮވާލައި އަޑުއުފުލާއެވެ.
އަދި ކޮވިޑް-19 އާއި ގުޅިގެން އިސްރާއީލް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ބުނެ ވެސް ނަތަންޔާހޫ އާއި ދެކޮޅަށް އަޑުއުފުލާފައި ވެއެވެ. މުޒާހަރާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން ބޭނުން ކުރަން އެކަށީގެންވާ ވަރަށް ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ އެއްޗެހި އިސްރާއީލް ސަރުކާރުން ހޯދާފައެއް ނުވެއެވެ.
މީގެ އިތުރުން ރައްޔިތުން ޓްރެކް ކުރަން މޯބައިލް ފޯނުގެ ޑޭޓާ ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ޑޮމެސްޓިކް އިންޓެލިޖެންސް އެޖެންސީ އަށް ދީފައި ވާތީ އެކަމާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލާފައި ވެއެވެ.
#TelAviv’s Rabin Square, protests against corruption & Benjamin Netanyahu in the age of #COVID19, organisers spent the day marking the area with X’s for people to stand on to keep social distancing in place. #Israel pic.twitter.com/GeozzDJKWg
— Aurora Intel (@AuroraIntel) April 19, 2020
އިސްރާއީލްގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރި ނަތަންޔާހޫ އަށް ފަހަކަށް އައިސް ވަނީ ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އޭނާގެ މައްސަލަތަކެއް ވެސް މިހާރު އޮތީ ޝަރީޢަތުގެ މަރުހަލާގައެވެ.
އިސްރާއީލްގެ ބޮޑުވަޒީރުކަން ނަތަންޔާހޫ މިހާރު ކުރަމުން ގެންދަނީ ވަގުތީ ގޮތުންނެވެ. އެއީ ހަތަރު އާއްމު އިންތިޚާބެއް ބާއްވައިގެން ވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާތީއެވެ. އެންމެ ފަހުން ސަރުކާރެއް އެކުލަވާލަން ލިބުނު ފުރުސަތުގައި ވެސް ސަރުކާރެއް އެކުލަވާނުލެވި އަނެއްކާވެސް އިސްރާއީލް އޮތީ އާއިންތިޚާބެއް އިއުލާން ކުރާ ހިސާބަށް ގޮސްފައެވެ.
ޢަހަރެންދުއާއަކީމުޅިޔަހޫދީދައުލަތްކުދިކުދިވުން
ޫ