ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާ ބަންގްލަދޭޝްގައި އިޖުތިމާޢީ ގައިދުރުކަމަށް އެއްވެސް ބެލުމެއް ނެތި ލައްކައަކަށް ވުރެ ގިނަ މީހުން ޖަނާޒާއެއްގައި ބައިވެރިވެ، ސިޔާސީ ލީޑަރެއްގެ މައްޗަށް ކަށުނަމާދު ކޮށްފިއެވެ.

ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ބްރަމަންބާރިއާ ނަމަކަށް ކިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވީ ސިޔާސީ ލީޑަރެއް ކަމަށްވާ މައުލާނާ ޖަބަޔާ އަހްމަދު އަންސާރީގެ ޖަނާޒާގައެވެ. ޖަނާޒާގައި ބައިވެރިވި މީހުން ތިބީ މާސްކް އެޅުން އަންގި ލެއްވުން ފަދަ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ވެސް ނާޅައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާތީ ގިނަ ބަޔަކު އެއްވެގެން އެއްވެސް ހަރަކާތެއް ނުހިންގުމަށް އެގައުމުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ. ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައި ވަނީ ސަރުކާރުން އެގޮތައް އަންގަމުން ދަނިކޮށެވެ. ފުލުހުން ބުނާ ގޮތުގައި ޖަނާޒާގައި ބައިވެރިވި މީހުންގެ އަދަދު ގިނަކަމުން ފުލުހުންނަށް ވެސް އެމީހުން ހުއްޓުވަން މާބޮޑު ކަމެއް ނުކުރެވުނީއެވެ.

"އަހަރެމެން މިހާރު މިދަނީ މިކަން ރާވައި، އިންތިޒާމް ކުރި މީހުންގެ މައްސަލަ ބަލަމުން. އެމީހުންގެ މައްޗަށް ދައުވާ އުުފުލެނެ." ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

މާޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝް ވެސް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. ފަސް މީހުންނަށް ވުރެ ގިނަ މީހުން އެކުގައި މިސްކިތްތަކުގައި ނަމާދު ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

ބަންގްލަދޭޝް އިން މިހާތަނަށް 2456 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އަދި 91 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަންގްލަދޭޝްގައި ބަލި ޖެހުނު މީހުންގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ. އެގައުމުން މާގިނަ މީހުން ޓެސްޓް ނުކުރާތީ ބަލި ޖެހި، ނަމަވެސް ބަލި ޖެހުނުކަން ކަށަވަރު ނުކުރެވޭ އެތައް ބަޔަކު ތިބޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    މިވަރަ ގަމާރުބައެއް އެބައުޅޭބާ ދުނިޔޭގެ އެއްވެސްތަނަކު؟

    24
    1
    • ? ?

      ދުނިޔޭގެ ގައުމުތަކުގެ ހާލަތުވެސް ބަލައިފަ ވިސްނާފަ ކޮމެންޓުކުރޭ

      8
      3
  2. ކާބެ

    ތީގެ މީހުން އެއްވެސް ހައްދެއް ނެތް މިންވަރަށް މިތަނަށް އެތެރެކޮށް އެމީހުން ފޮނުވާލުމަށް އެއްވެސް ފިޔަވަޅެއް ނާޅައި މި އޮތީ. ބަނގުލަދޭޝް މީހުން ރާއްޖެއިން މަދުކޮށް ގަވަައިދުތައް ތަންފީޒު ނުކުރާ މީހުންާ ދެކޮޅަށް މުޒާހަރާ ކޮށްލާނެ އެއްވެސް ބައެއް ނެތް ރާއްޖޭގައި. އަސްލު ގައުމީ އެންމެ ބޮޑު ނުރައްކަލަކީ އެކަމަކު މީ.

    33
    5
  3. ސަރުވަރު

    ޢިންޑިއާގަވެސް އެމީހުންދޭ ހިސާބުތަ ކަށްވުރެ ބަލިޖެހިފަ ތިބި މީހުން ގިނަވާނެ ކަމަށް ލަފާ ކުރެވޭ، ޓެސްޓް ނެހެދެންޏާ ނޭގޭނެތާ ބަލި ހުރި ކަމެއް ނޫން ކަމެއް މަމެންވެސް ޓެސްޓް ހެދީމަ މިއެގެނީ ދޮއްތަ

  4. މަމޮޅު

    ތިޔަހެން ނުބުނޭ ބަންގާޅު މީހުންނަކީ ނިކަން ގޮތްދޫނުކުރާ ހަރުކަށި ބޭފުޅުން އެކަން އެބޭފުޅުންނައްވެސް އެނގޭ