ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ސައިންސްވެރިން ހުއްޓުމެއް ނެތި ކިތައްމެ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް ވެކްސިނެއް އުފައްދަން އަދިވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރ ޑޭވިޑް ނަބަރޯ ވިދާޅުވެއްޖެއެވެ.

ޑޭވިޑް ވިދާޅުވީ ވައިރަސްއަކާއި ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ ކަން މުޅިން ކަށަވަރުވާ ވެކްސިނެއް މާއަވަހަށް އުފެއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދާނެ ކަމަށެވެ.

"ވެކްސިނެއް އުފައްދާއިރު ބަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ. އެވެކްސިނަކީ ބަލިން ރައްކާތެރި ކޮށްދޭ ވެކްސިނެއްތޯ އާއި ވެކްސިން ބޭނުން ކުރުމުން އިތުރު އެހެން މައްސަލަތަކެއް ކުރިމަތި ނުވާނެތޯ މުޅިން ކަށަވަރު ކުރަން ޖެހޭނެ. އެހެންކަމުން މިއީ ޝޯޓްކަޓަކުން ކުރެވޭނެ ކަމެއް ނޫން." ޑޭވިޑް ވިދާޅުވިއެވެ.

ޑޭވިޑް ވިދާޅުވީ އަދި ބައެއް ވައިރަސްތަކަށް ވެކްސިން އުފެއްދުން އެއީ މާގޮންޖެހުން ބޮޑު، ބުރަ މަސައްކަތަކަށް ވެސް ވެގެންދާ ފަހަރު އަންނަ ކަމަށެވެ.

ކޮވިޑް-19 އަށް ވެލްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ 70 އަށް ވުރެ ގިނަ ކުންފުނިން ކުރަމުން އެބަގެންދެއެވެ. އޭގެތެރެއިން ގިނަ ވެކްސިންތައް މިހާރު ގެންދަނީ ކްލިނިކްތަކުގައި ޓެސްޓް ކުރަމުންނެވެ. އަދި ބައެއް ވެކްސިންތައް ވަނީ އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަން ފަށާފައެވެ.

އެމެރިކާގެ ދެ ކުންފުންޏަކުންނާއި ޗައިނާގެ ބައެއް ކުންފުނިތަކުން ވެސް މިހާރު ގެންދަނީ އިންސާނުން ބޭނުން ކޮށްގެން ވެކްސިން ޓެސްޓް ކުރަމުންނެވެ. އަދި އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން ވެސް ވަނީ މިހަފްތާގައި އިންސާނުން ބޭނުން ކޮށްގެން ވެކްސިނެއް ޓެސްޓް ކުރަން ފަށާނެ ކަން އިއުލާން ކޮށްފައެވެ.

އާއްމު އުސޫލުން ވެކްސިނެއް އުފެއްދުމަށް އެތައް އަހަރެއް ނެގި ނަމަވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެއަށްވުރެ މާބޮޑަށް އަވަސް ވާނެއެވެ. ވެކްސިނެއް އުފެއްދިއްޖެނަމަ ދުނިޔޭގެ ހުރިހާ ވަސީލަތެއް އެކަމަށް ހުސްކޮށްގެން ވެސް ވީއެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްވެސް ދެވޭނެ ކަމަށާއި އެހެންކަމުން މިހާރު އެންމެ މުހިއްމު ކަމަކީ ވެކްސިނެއް އުފެއްދާ، ކޮވިޑް-19 ގެ ޝިފާ އަކީ ކޮބައިކަން ސައިންސްވެރިން ހޯދުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބާބެރު

    ތަންކޮޅެއް އަތްމަތި އަވަސް ކޮއްލާބަލަ ސައިންސްވެރިންވެސް .އަބަދުވެސް އަންނަނީ އަންނަނީ ހަރާމުން ހަރާން ދުވަހަކު ވެކްސިނެއް އެތެރެކުރެވޭވަރެއް ނުވޭ ތިހޭ ކައްނެތްވެގެން ނުވާނެ އެއްކަމެއްވެސް ބަލަ ދުނިޔޭން ކިތަށް މީހުން މަރުވެގެން އެދަނީ.

    11
  2. އަލިކާ

    ބަލަގަ މިނިކަމެތި އިންސާނުންނޭ ކަލޭމެން ހަށިފުއްޕާފަ މި އުއްމަތުގެ މާތްނަބިއްޔާ އަށާއި ކީރިތި ޤުރުޢަން އަށް ހަޖޫ ޖެހީމަ ކަލޭމެންނަށް ހިވީތަ ވަކިކުރިއެރުންތަކެށް ލިބިދާނެކަމަށްތަ؟ ނުލިބޭނެ، އެކަލާނގެ މިންވަރު ކުރެއްވިއިރަކުން މެނުވީ..

    27