މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުކޮށްފައިވާ ޕާކިސްތާނުގައި މާބަނޑު އަންހެނަކު ހައިހޫނު ކަމުގައި މަރުވެއްޖެއެވެ.

މި ވައިރަހާއި ގުޅިގެން ގިނަ ގައުމުތައް ވަނީ ފުރަބަންދު ކޮށްފައެެވެ. މި ވަައިރަސް ފެތުރުނަ ނުދީ ގޭގައި ތިބުމަށް ސިއްހަތާއި ބެހޭ މާހިރުން ދަނީ ގޮވަމުންނެވެ.

އެކްޕްރެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އަންހެން މީހާ މަރުވެފައި ވަނީ ސިންދް ޕްރޮވިންސްގެ ޖުޑޯ ޓައުންގައެވެ.

އެ އަންހެން މީހާ ފިރިމީހާ ބުނެފައިވާގޮތުގައި، ފުރަބަންދާއި ގުޅިގެން އޭނާއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުލިބެއެވެ. އެއާއެކު ގެއަށް ކާތަކެތި ހޯދުމުގައި ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެ ދެމަފިރިންގެ ހަ ކުދިންވެސް ތިބެއެވެ.

އެ ފިރިހެން މީހާ ބުނެފައިވާގޮތުގައި، އޭނާގެ އަނބިމީހާ މަރުވުމުން ވަޅުލުމަށް ދައްކަން ޖެހޭ ފައިސާއެއްވެސް އޭނާގެ އަތުގައި ނެތެވެ. ނަމަވެސް އޭނާގެ އަވައްޓެރިންގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަޅު ލެވޭ ގޮތް ވަނީ ވެފައެވެ.

އެ މީހާގެ މަރާއެކު، ފުރަބަންދުގައި އުޅެމުންދާ މި ދުވަސްވަރު ފަގީރުންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ. އަދި މީގެ ކުރިން މަސައްކަތުގައި އުޅެފައި މިކަންތައް ޖެހުމުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް މުސާރަ ނުލިބޭ މައްސަލަވެސް އޮތީ ބޮޑުވެފައެވެ.

އެގޮތުން ކަރާޗީގައި މިފަދަ މައްސަލަތަކުގައި އުޅޭ މީހުން ގިނަކަމަށް ޕާކިސްތާނުގެ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 ޖެހިގެން ޕާކިސްތާނުގައި މަރުވި މީހުންގެ މީހުންގެ އަދަދު ވަނީ 176 އަށް އަރާފައެެވެ. އަދި އެ ގައުމުގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8519 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮނޑިބަތު އަޑި ހައިރާނު

    ކަލެއަށް ކޯޗެއް އެނގެނީ ރައްޔިތުން ކަލޭ ޤަބޫލު ނުކުރޭ

    2
    22
  2. ޓައްޕު

    މުސްލިމުންނަށްވީތީ ދިވެހިން ވިސްނާލާށެވެ ތިބާގެ އަހުލުން ސަލާމަތް ކުރާގޮތަށް ނިކަމެތި ހާލުގައި އުޅޭ އެހެން އިންސާނުންނާ ދޭތެރޭގަވެސް ވިސްނާލާށެވެ މަގުގައި އުޅޭ ބުޅާ ތަކާ ކޮތަރު ތަކަށްވެސް އޯގާތެރި ވެވޭތޯ ބަލާށެވެ ތިބާކުރާ ކުޑަކުޑަ ކަމެއްގެ ސަބަބުންވެސްﷲތިބާ އަށް ރަހްމަތްލައްވާ މަތިވެރިކުރައްވަފާނެއެވެﷲ ވޮޑިގެންވަނީ އިހްސާންތެރިވާ މީހުންނާއެކުގައެވެ

    52
    2
    • ޏަމްޏަމް

      ???

      19
      1
  3. އަސްލަމު ހަސަނު

    ޙުރިހާ އެއްމެންވެސް މިވަގުތު އެކަކު އަނެކަކަށް އެހީތެރިކަން ފޯރު ކޮއްދެއްވުމަކީ ވަރަށް މުހިންމު ކަމެއް،،

    9
    1