ދުނިޔެ އަށް ފެތުރިގެން ހިނގައިދާނެ ގޮތް ނޭނގޭ ބަލިމަޑުކަމެއްގައި އެންމެ ހަމަސް ދުވަހުން 30 މިލިއަން މީހުން މަރުވެދާނެ ކަމުގެ އިންޒާރު މަޝްހޫރު ބިލިއަނަރު ބިލް ގޭޓްސް ދެއްވައިފިއެވެ.

ސިއްހީ ކަންތައްތައް ތަރައްޤީ ކުރަން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުން ގެންދާ ބިލް ގޭޓްސް މިއިންޒާރު ދިނީ މަސަޗޫސެޓްގެ މެޑިކަލް ސޮސައިޓީ އިން އިންތިޒާމް ކުރީ އިވެންޓެއްގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭހެއް ހޯދިފައި ނުވާ ބައެއްޔެއް ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ނުކުރެވި މީގެ ކުރިން ވެސް ދުނިޔެ އިން އެތައް މިލިއަން މީހުން މަރުވެފައި ވެއެވެ. އެގޮތުން 1918 ވަނަ އަހަރު ވެސް އެފަދަ ރޯގާއެއްގައި ދުނިޔެ އިން 50 މިލިއަން މީހުން މަރުވިއެވެ.

ފަހުގެ ތާރީޚަށް ބަލާއިރު މާސް އާއި ސާސް ރޯގާ ވެސް ކޮންޓްރޯލް ކުރެވިފައި ވަނީ އެތައް ބަޔަކު މަރުވެ ދިޔަ ފަހުންނެވެ.

ބިލް ގޭޓްސް ވިދާޅުވީ ފަރުވާއެއް ނެތް ރޯގާއެއް ފެތުރެން ފަށައިފިނަމަ ދެން ކަންތައް ކުރާނެ ގޮތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ރޭވިފައި ނެތް ކަމަށެވެ. އެހެންކަމުން އޭނާ ވަނީ މިފަދަ ބަލިމަޑު ކަމަކަށް ތައްޔާރުވުމަށް ދުނިޔެ އަށް ގޮވާލާފައެވެ.

ބިލް ގޭޓްސް ވިދާޅުވީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭގައި މިފަދަ ބަލިމަޑުކަމެއް ދުނިޔެ އަށް ފެތުރިދާނެ ކަމަށެވެ.

ބިލް ގޭޓްސް ހުކުރު ދުވަހު ވަނީ އޭނާ އާއި އަނބިކަނބަލުން މެލިންޑާގެ ނަމަށް ނިސްބަތްވާ ގޭޓްސް ފަހުންޑޭޝަނުން ދުނިޔޭގައި ފްލޫ ވެކްސިން ދިނުމަށް 12 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބިލް ގޭޓްސް އަށް ވެސް އިލްހާމް ވެފަ އެއޮތީ...

 2. އެއުޅެނީ ވައިރަސް އެއް ތައްޔާރު ކުރަން. މިކަހަމަކީ މިބައިމީހުން ކުރާ ވިޔަފާރިއެއް. ވައިސް އުފައްދާފައި ފަގީރު މީހުން އުޅޭ ސަރަހައްދަކައް އެ ވައިރސް ދޫކޮއްލައިގެން އެބަލި ފަތުރާފައި އޭގެ ވެކްސިން ވެސް ހަދާނީ މިބައިމީހުން. އޭގެ ފަހުން އަގު ބޮޑުކޮއް ވެކްސިން ވިއްކައިގެން އެތައް ބިލިޔަން ޑޮލަރުގެ ފައިދާ ނަގަނީ މިފަދަ ނުބައި މީހުން

 3. ކޮބަ ފެނޭތޭ. ޕްރޮފެސަރ އުގައިލް ތަފާތު ރޮނގު ރޮނގުން އާޓިކަލް ލިޔުނީމަ އޭނަ އަށް ހަޖޫ ޖެހި ކުދިންނަށް ކެރޭނެބާ ގޭޓަށް ހަޖޫ ޖަހަން.

 4. މާތްﷲ ކޮންމެބައްޔަކާއެކު ފަރުވާ ބާއްވައިލެއްވެވި މަރުބަލި ފިޔަވާ. ﷲއަކްބަރު. އަލްހަމްދުލިއްލާހި. މާޝާﷲ.
  އިންޝާﷲ ޤުރުއާން ކިޔެވި ވަރަކައް ހުރިހާކަމެއް ރަނގަޅުވަމުންދާނެ..

 5. ދުރާލާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުން އެއީ ގޯހެއްނޫން.

 6. އެކަމަކު ދޯ!

  ބިލްގޭޓްގެ ނަން އިލްހާމުގެ ނަމަށް ބަދަލުކުކުރަން ފެނޭ

 7. ސާދަވިލޭރޭ

  ފަންސަވީސްބުރީގެ ހޮސްޕިޓަލެއްހުރީމާ ތިފަދަބަލިމަޑުކަމެއް މިރާއްޖެއަށްނައަންނާނެ . އޭރުން އަހަރެމެންއަރާނީ އެއިމާރާތުގެ އެންމެމައްޗަށް .. ދެންފެންނާނީ ވައިރަސްތައް ކަނޑުމަތިންއުދުހޭތަން ..