އެމެރިކާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މައިނަސް 37.63 ޑޮލަރަށް ވެއްޓިއްޖެއެވެ. މިއީ ތާރީޚްގައި ވެސް ސުން ޑޮލަރަށްވުރެ ދަށަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ.

ތެލުގެ އަގު މިހައި ބޮޑަށް ދަށަށް ދިޔައީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް ތެލަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ދިއުމުންނެވެ. އަންނަ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ތެޔޮ އުފައްދާ ގައުމުތަކުން ނިންމާފައި ވީނަމަވެސް އަދިވެސް ދުވަހުން ދުވަހަށް ތެލުގެ އަގު ދަނީ ވެއްޓެމުންނެވެ.

މިއަދު ތެލުގެ އަގު ސުން ޑޮލަރަށްވުރެ ދަށަށް ވެއްޓުމުގެ އެއް ސަބަބަކީ ތެލަށް އޮންނަ ޑިމާންޑް ދަށަށް ގޮސް ތެޔޮ ރައްކާކުރާ ތަންތަނުގެ ޖާގަތައް ފުރުމެވެ. ހާއްސަކޮށް އެމެރިކާގެ އޮކްލޮހޯމާގައި ހުންނަ އެންމެ ގިނައިން ތެޔޮ ރައްކާކުރާ ކާރުހަނާ މިހާރު ފުރިފައި ހުރުމަކީ ތެލުގެ އަގު ސުން ޑޮލަރަށްވުރެ ދަށަށް ދިޔަ އެއް ސަބަބު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މައިނަސް އަސް އަރާފައި ވާއިރު، މި ވައިރަސްގެ ސަބަބުން ގިނަ ޤައުމުތަކަށް އޭގެ އަސަރު އަންނަނީ ކުރަމުންނެވެ. އެގޮތުން ޤައުމުތަކުގެ އިޤްތިސާދު މީގެ ކުރިން ދަށަށްނުދާ ވަރަށް ދަށްވެ، ގިނަ ގޮންޖެހުންތަކާއި ދަނީ ކުރިމަތިވަމުންނެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، ވައިރަސްގެ ނުރައްކަލަށް ވަރަށް ގިނަ ޤައުމުތަށް ވަނީ ފުރަބަންދު ކޮށްފައެވެ. މިއާއެކު ތެލުގެ ޑިމާންޑުވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢާދަން

  ޢެމެރިކާ ކުޑަ ކަކޫ މައްޗަށް ތިރިވެއްޖެ. ޢަލްހަމްދުލިﷲ

  19
  1
 2. މޮޔަސޮރު

  އެކަ މު ދިވެހިރާއްޖެއިން ލިބޭނީ ބޮޑުއަގުގަ

  14
 3. ޟްތިނދާ

  މީ ފިިއުޗާ ކޮންޓްރެކްޓް ގެ އަގު. ނޮޓް ވަޓް ޔޫ ބަައި ފްރޮމް އެސް. ޓީ. އޯ

  2
  1
 4. Anonymous

  ﷲ ރަހުމަތުން ދެން ދުނިޔޭގެ ބާޒާރުގައި ޑޮލަރު ގެ އަގު ވެސް 0 ޕަސަންޓަށް ވެއްޓިގެން ދާނެ ކުރިއަތް އޮތް މަހު އިންޝާﷲ.